ކިތަންމެ ގާތް މީހަކު ނަމަވެސް އަނބިމީހާއަށް ދަޢުވަތުދޭން ދެކޮޅު ހަދާނަމަ އެކަމެއްގަ ބައިވެރިނުވާށެވެ! ސުންނަތުގަ އޮތީ އެގޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކިތަންމެ ގާތް މީހަކު ނަމަވެސް އަނބިމީހާއަށް ދަޢުވަތުދޭން ދެކޮޅު ހަދާނަމަ އެކަމެއްގަ ބައިވެރިނުވާށެވެ! ސުންނަތުގަ އޮތީ އެގޮތެވެ!

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަރިއްކޮޅަކަށް ދަޢުވަތު އެރުވުނެވެ. ދަޢުވަތު އެރުވީ އަވަސްޓެރިއެކެވެ. އޭނާ ދެފަހަރުމަތިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ގިނިކަންޏާ ވަޑައިގަތުމަށް ދަޢުވަތު އެރުވުމުން ޤަބޫލުފުޅެއް ނުކުރެއްވެވިއެވެ. 

ކޮންމެ ފަހަރަކުވެސް ސުވާލުކުރެއްވެވީ އަނބިކަނބަލުން ޢާއިޝާ އާއިއެކުގައި ހެއްޔެވެ؟ ނޫން ކަމަށް ދެންނެވުމުން ދަޢުވަތު ޤަބޫލުފުޅު ނުކުރެއްވެވީއެވެ. ސަބަބުވެސް ބަޔާނެއް ނުކުރައްވަވައެވެ. 

ކޮންމެއަކަސް މިވާގޮތް ވިސްނި 3 ވަނަ ފަހަރަށް ގޮސް ދަޢުވަތު އެރުވިއެވެ. އެފަަހރުވެސް އެގޮތަށް ސުވާލުކުރެއްވެވުމުން "އާނއެކެވެ!" ބުނުމުން ދަޢުވަތު ޤަބޫލުފުޅު ކުރައްވަވައި ވަޑައިގެންނެވިއެވެ. 

މިއީ މީސްތަކުންނަށް ދަސްފުޅުކޮށް ދެއްވެވި ވަރަށް އަގުހުރި ފިލާވަޅެކެވެ. އަވަށްޓެރިއަކު ނަމަވެސް އަނބިމީހާއަށް ދައުވަތުނުދޭނަމަ އެކަނި ދިއުމެއް ނެތްކަން އަންގަވައި ދެއްވެވުމަށެވެ. އެކަމަކު ގިނަބައަކު މިއަދު މިފަދަ ކަންކަމަކަށް ނުވިސްނައެވެ. ދަޢުވަތެއް ލިބިއްޖެނަމަ އެކަނިވެސް ދަނީއެވެ. އެގޮތަށް އެކަން ނުކުރާށެވެ!

އެހެނެއް ނޫނެވެ. އަނބިމީހާއާއިއެކު ދެމަފިންނަށް ދަޢުވަތު ދިނުމުން އަނބިމިހާއަށް އެވަޤުތު ދެވެން ނެތްނަމަ އެކަނި ދިއުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ އަނބިމީހާއަށް ދަޢުވަތު ނުދޭނަމައެވެ. އަވަށްޓެރިއެއްނަމަވެސް އެކުވެރިއެއް ނަމަވެސް އަދި އެހެން މީހަކުނަމަވެސް އަނބިމީހާއަށް ދަޢުވަތު ދޭން ދެކޮޅު ހަދައިފިނަމަ އެކަމުގެ އަޑީގައި ފޮރުވިފައި އޮތް ސަބަބެއް އޮތުން ވަރަށް ގާތެވެ. އެއީ ފައިދާހުރި ކަމަކަށް ނުވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން