ހެޔޮލަފާ ޞާލިޙް އަންތބަކު ލިބުމަކީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވުން! އެކަމަށް އެދި މަސައްކަތްކުރަމުން ދުޢާވެސް ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހެޔޮލަފާ ޞާލިޙް އަންތބަކު ލިބުމަކީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވުން! އެކަމަށް އެދި މަސައްކަތްކުރަމުން ދުޢާވެސް ކުރަންވާނެ!

ޙަޔާތަށް ބައިވެރިއަކު ހޯދުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ ހެޔޮލަފާ ޞާލިޙް އަންތބަކު ހޯދުމަށެވެ. އަންހެނުން މަސައްކަތްކުރަންވީ އެފަދަ ފިރިއަކު ހޯދުމަށެވެ. އިސްކަންދޭންވީ ބޭރުފުށުގެ ސިފައަށާއި ތަނަވަސްކަމަކަށް ނޫނެވެ.  

މިކަމަކީ ޙަދީޘްފުޅުން އެނގެން އޮތްކަމެކެވެ. ނަމަވެސް އަހުރެމެންނަށް ވިސްނައި ނުލެވެނީއެވެ. އެކަމަށް ދޭ ސަމާލުކަން ކުޑަވަނީއެވެ. ނަތީޖާއަކަށްވެގެން މިދަނީ އުފާވެރި ދިރިއުޅުމެއް ނުލިބުމެވެ. އަބަދުވެސް ފިކުރުބޮޑުވެފައި ހުންނަން ޖެހުމެވެ.  

މީހަކަށް ހެޔޮލަފާ ޞާލިޙް އަންތބަކު ލިބުމަކީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ވުމެވެ. އެހެންކަމުން އެކަމަށްޓަކައި އަބަދާއި އަބަދު ދުޢާ ކުރަންވާނެއެވެ.  

ދުޢާ ކުރުމުގައި ވަކި ބަހަކުން ކުރުން ލާޒިމެއް ނޫނެވެ. އެމީހަކަށް ފަސޭހަ ބަހަކުން ދަންނަވަންވީއެވެ. ކޮންމެ ބަހަކުން ދެންނެވިނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ، ޞާލިޙް އަންތބަކު ދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ. والله أعلم. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން