ނަމާދުތައް ކުރުމުގަ އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދޭންވީ ތަރުތީބަށް ރައްކާތެރިވުމަށް ޝައިޚް ޝަފީޢުގެ ޚާއްޞަ އިލްތިމާސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަމާދުތައް ކުރުމުގަ އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދޭންވީ ތަރުތީބަށް ރައްކާތެރިވުމަށް ޝައިޚް ޝަފީޢުގެ ޚާއްޞަ އިލްތިމާސެއް!

ޒުވާނުންނާ ގުޅޭ ކަހަލަ މިސާލަކުން ބުނެލާނަމެވެ. 

އެކުވެރިކަމުގެ މެޗުތަކަށް ވުރެ ބޮޑަށް އަހަންމިއްޔަތުކަން ދޭން ޖެހޭނީ ވާދަވެރިކަމުގެ މެޗުތަކަށެވެ. އެކުވެރިކަމުގެ މެޗުތަކަށް ސަތޭކަ ދީފައި، ވާދަވެރި މެޗުތަކަށް ފަންސާސް ވެސް ނުދެވެންޏާ އެއީ މައްސަލައެކެވެ. ކާމިޔާބާއި ނާކާމިޔާބު ކިރާނޭ ތަރާދުނަކީ ވާދަވެރިކަމުގެ މެޗުތަކެވެ 

ހަމަ އެގޮތަށް ނަމާދެވެ. ތަރާވީޙާއި ދަމު ނަމާދަށް އިސްކަން ދީފައި ފަރުޟު ނަމާދަށް ފަރުވާ ކުޑަކުރުމަކީ މައްސަލައެކެވެ. ދެވޭން އޮތް ސަތޭކައެއް ދޭށެވެ. ފަރުޟު އިސްވެގެންވެއެވެ. ކާމިޔާބާއި ނާކާމިޔާބު ބިނާވާނީ ފަރުޟަށެވެ. ދެން އޮތީ ރޭންކު މަތިކުރުމެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ  

ޝައިޚް އިލްތިމާސްކުރައްވާފައިއެވަނީ ވަރަށް ޚާއްޞަ ކަމެއްގައެވެ. ބައެއް ޒުވާނުންނަށް ވަރަށް މުހިންމު މެސެޖެކެވެ. ސަބަބަކީ ރަމަޟާން މަހުގެ ރޭއަޅުކަމަށް އިސްކަންދީފައި ފަރުޟް ނަމާދުތަކަށް ބައެއް ޒުވާނުންނަށް ފަރުވާކުޑަކުރެވޭ ކަމެވެ.  

ކުރާ އެހެން އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އޮތީ ފަރުޟް ނަމާދުތަކަށް ފުރިހަމައަށް ރައްކައުތެރިވެގެންކަމަށްވާތީއެވެ. ފަރުޟް ނަމާދުތަކުން ފޭލްވެއްޖެނަމަ އެހެން ޢަމަލުތައް ފޭލްވެގެންދާތީއެވެ.  

ރޭއަޅުކަމަށް ސަމާލުކަން ދިނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމުން އެނގެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެމީހަކު ބޭނުންވާ ކަމެވެ. އިން ޝާ ﷲ. ވީމާ ޝައިޚް އިލްތިމާސްކުރައްވަވާފައި އެވަނީ އެކަމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ސަމާލުކަމެއް ފަރުޟް ނަމާދުތަކަށް ދިނުމަށެވެ. ވީމާ މިއީ ޝައިޚް ދެއްވާފައިވާ ވަރަށް އަގުހުރި ނަޞީޙަތެކެވެ.

މިއަދު އޮންލައިން