އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
އެންމެ ފައިދާހުރި އެކައުންޓަކީ ކޮބާ؟
އެހީ:
އެންމެ ފައިދާހުރި އެކައުންޓަކީ އެމީހަކު ކުރާ ހެޔޮޢަމަލުތައް ޖަމާވަމުންދާ އެކައުންޓެވެ. އެއެކައުންޓުން ދުނިޔޭގައި ފައިދާ ނުކުރާނެ ކަމަށް ބުނަނީ ފައިދާކުރަން ނުއެނގޭތީއެވެ. ސަބަބަކީ ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރާ އަޅުންނަށް ދުނިޔޭގައިވެސް ﷲ ތަޢާލާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވަތެވެ.
އަދި އެމީހަކަށް ދުނިޔޭގައި ނިޢުމަތްތައް ދެއްވެވި ނަމަވެސް އެމީހާ ކުރާ ހެޔޮ ޢަމަލުތަކުގެ އެކައުންޓުން އެއްވެސް މިންވަރެއް އުނި ނުކުރައްވަވާނެތެވެ! ޛައްރެއްގެ މިންވަރުވެސް އުނި ނުކުރައްވަވައި ޤިޔާމަތް ދުވަހު އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. އަދި އެމީހާއަށް އޮތް އެންމެ އުފާވެރި ޚަބަރަކީ އެމީހަކަށް ޘަވާބު އިތުރުކޮށްދެއްވަވައި ދަރަޖަވެސް މަތިވެރިކޮށް ދެއްވަވާ ކަމެވެ. އިން ޝާ ﷲ
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.