އަޅުގަނޑުގެ މަންމަ ނިޔާވުމުން ދެވަނަ ކައިވެންޏެއް ބައްޕަ ކުރެއްވީ އަޅުގަނޑުގެ ޢުމުރުން 22 އަހަރުގައެވެ. ދޮންމަންގެ 25 އަހަރުގެ ފިރިހެން ދަރިއެއް އެއިރުވެސް ހުއްޓެވެ. އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެން ދެމީހުން ކައިވެނިކުރުމުގަ އެއްވެސް މައްސަލައެއް އޮންނާނެތޯއެވެ؟ އެއީ ވަރަށް އަޚަލާޤް ރަނގަޅު ކުއްޖަކަށްވާތީ ވަރަށް ބޭނުންވޭ ކައިވެނިކުރަން!
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަކަމާއިގެން ބާރަށް ކުރިއަށް ވަޑައިގެން އަވަހަށް ކައިވެނިކުރައްވާށެވެ! ދީނީ ގޮތުން ހުރަހެއް ނެތެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ސުވާލު: ފިރިހެނަކު އަންހެނަކާ ކައިވެނިކުރިއެވެ. އޭރު އެއަންހެންމީހާ އެހެންމީހަކާ އިނދެގެން ލިބިފައިހުރި އަންހެންކުއްޖެއް ހުއްޓެވެ. އެއަށްފަހު މިދެމަފިރިންނަށް ދަރިން ލިބުނެވެ.
ފަހެ އެފިރިހެންމީހާ އެހެންމީހަކާ އިނދެގެން ލިބިފައިހުރި ފިރިހެން ދަރިއަށް، މިއަންހެންމީހާ އެހެންމީހަކާ އިނދެގެން ލިބުނު އަންހެން ކުއްޖާއާ ކައިވެނި ކުރެވިދާނެ ހެއްޔެވެ؟
ޖަވާބުގައި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ދޭ އަދި ޢިލްމީ ދިރާސާކުރާ ކޮމިޓީގެ މެމްބަރެއް ކަމުގައިވާ އައްޝައިޚް ޞާލިޙް ބުން އަލްފައުޒާން حفظه الله ވިދާޅުވެފައިވަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ.
"އެހެނީ ގާތްތިމާގެކަމުގެ ގުޅުމެއް އެދެމީހުންގެ މެދުގައި ނެތެވެ. ފަހެ އެއަންހެން ކުއްޖާއަކީ އެފިރިހެން ކުއްޖާއަށް ބީރައްޓިއްސެކެވެ. އަދި އެފިރިހެން ކުއްޖާއަކީވެސް އެއަންހެންކުއްޖާއަށް ބީރައްޓިއްސެކެވެ.
ފަހެ އެހެންމީހާކާ އިނދެގެން އޭނާގެ ދޮންމަންމައަށް ލިބިފައިވާ އަންހެންކުއްޖާއާ ކައިވެނިކުރުމަކީ ހުއްދަކަމެކެވެ. އެހެނީ ކައިވެނިކުރުން ޙަރާމް މީހުން ބަޔާންކޮށްދެއްވުމަށް ފަހު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ … وَأُحِلَّ لَكُم مَّا وَرَاءَ ذَٰلِكُمْ … ﴾ [سورة النساء ٢٤]
މާނައީ: “…އެނޫން އަންހެނުންނާ އިނުން، ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ…”
- އައްޝައިޚް ޞާލިޙް ބުން އަލްފައުޒާން حفظه الله
___________________________________
މިފަތުވާގެ އަޞްލު: