ހަނދުމަކޮށްދިނުމެއް!: ނަމާދު ކުރުން ނަހީ ވަޤުތުތަކާ އެވަގުތުތަކުގައި ނުކުރަންވީ ސަބަބުތައް-: ޝައިޚް މުޙައްމަދު ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 53ސ
ހަނދުމަކޮށްދިނުމެއް!: ނަމާދު ކުރުން ނަހީ ވަޤުތުތަކާ އެވަގުތުތަކުގައި ނުކުރަންވީ ސަބަބުތައް-: ޝައިޚް މުޙައްމަދު ޝާފިޢު

ނަމާދު ކުރުން ނަހީ ވަޤުތުތަކާ ބެހޭގޮތުން އަންނަނިވި ޙަދީޘް ވާރިދުވެގެންވެއެވެ. 

عن عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ يَقُولُ : ( ثَلاثُ سَاعَاتٍ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا : حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ ). وروى مسلم (1373) 

ޢުޤުބަތު ބިން އާމިރު އަލްޖުހަނީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިން ވަގުތެއްގައި ނަމާދު ކުރުމާއި މައްޔިތުން ވަޅުލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ނަހީކުރައްވާފައިވެއެވެ. އެއީ އިރު އަރަމުން ދާވަގުތު މައްޗަށް އިރު އުފުލިއްޖައުމަށް ދާންދެނެވެ. އަދި މެންދުރު އިރު މެދުޖެހޭ ވަގުތު އިރު މެދުން ފިލައްޖެއުމަށް ދާންދެނެވެ. އަދި އިރު އޮއްސުމަށްޓަކައި ތިރިވާ ވަގުތު ރަނގަޅަށް އޮއްސިއްޖެއުމަށް ދާންދެނެވެ." 

އެގޮތުން މި ޙަދީޘްގައި ނަމާދު ކުރުން ނަހީ ވެގެންވާ ވަޤުތުތަކަކީ 

ހ- އިރު އަރާ ވަޤުތު (މިވަޤުތުގައި ނަމާދުކުރުން ޙަރާމް ކުރެވިގެންވާ ސަބަބަކީ އެއީ ކާފިރުން ޝައިޠާނާއަށް އަޅުކަންކޮށް އިރަށް ސަޖިދަކުރާ ވަޤުތުކަމުގައި ވުމެވެ.)

ށ- އިރު އޮއްސޭ ވަޤުތު (މިވަޤުތުގައި ނަމާދުކުރުން ޙަރާމް ކުރެވިގެންވާ ސަބަބަކީ އެއީ ކާފިރުން ޝައިޠާނާއަށް އަޅުކަންކޮށް އިރަށް ސަޖިދަކުރާ ވަޤުތުކަމުގައި ވުމެވެ.)

ނ- އިރު މެދު ޖެހޭ ވަޤުތު (މިވަޤުތުގައި ނަމާދުކުރުން ޙަރާމް ކުރެވިގެންވާ ސަބަބަކީ އެއީ ނަރަކައިގެ އަލިފާން އަންދާލެވޭ ވަޤުތުކަމުގައި ވުމެވެ.) 

މި ޙިކްމަތްތައް ބަޔާންވެފައިވަނީ އަންނަނިވި ޙަދީޘްގައެވެ. 

عن عَمْرو بْنِ عَبَسَةَ السُّلَمِيِّ قال: قُلْتُ: يَا نَبِيَّ اللهِ أَخْبِرْنِي عَمَّا عَلَّمَكَ اللهُ وَأَجْهَلُهُ، أَخْبِرْنِي عَنِ الصَّلَاةِ، قَالَ:  صَلِّ صَلَاةَ الصُّبْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ، فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ، ثُمَّ صَلِّ فَإِنَّ الصَّلَاةَ مَشْهُودَةٌ مَحْضُورَةٌ حَتَّى يَسْتَقِلَّ الظِّلُّ بِالرُّمْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ، فَإِنَّ حِينَئِذٍ تُسْجَرُ جَهَنَّمُ، فَإِذَا أَقْبَلَ الْفَيْءُ فَصَلِّ، فَإِنَّ الصَّلَاةَ مَشْهُودَةٌ مَحْضُورَةٌ حَتَّى تُصَلِّيَ الْعَصْرَ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَغْرُبَ الشَّمْسُ، فَإِنَّهَا تَغْرُبُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ . روى مسلم (832) 

ޢަމްރޫ ބިން ޢަބަސާ އައްސުލަމީގެ ކިބައިން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. ﷲ ތަޢާލާ ކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ، އަހުރެންނަށް ނޭނގޭ، އެއްޗެހިން އަހުރެންނަށް އުނގަންނަވައިދެއްވާށެވެ. ނަމާދާ ބެހޭގޮތުން އަހުރެންނަށް ޚަބަރުކޮށްބަލާށެވެ.  

ޙަދީޘްކުރެއްވެވިއެވެ. "ތިބާ ފަތިސް ނަމާދު ކުރާށެވެ. ދެން އެއަށް ފަހު އިރު އަރައި އުފުއްލިއްޖައުމަށް ދަންދެން ނަމާދު ކުރުމުން މަނާވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އިރު އަރާހިނދު އިރު އެ އަރަނީ ޝައިޠާނާގެ ދެ ދަޅުގެ ދެމެދުންނެވެ. (މާނައަކީ އިރު އަރައިގެން އަންނަ ވަގުތު ޝައިޠާނާ، އޭނާގެ ބޯ އިރު އަރައިގެން އަންނަ ދިމާލަށް ކައިރި ކުރެއެވެ. އެހެންކަމުން އޭނާގެ ދެދަޅުގެ ދެމެދުން އިރު އަރައިގެން އަންނަ ކަހަލައެވެ.) އަދި އެހިނދު ކާފިރުން އިރަށް ސަޖިދަކުރެއެވެ. ދެން އެއަށްފަހު (އެވަޤުތު ފާއިތުވުމުން) ނަމާދު ކުރާށެވެ. ހަމަކަށަވަރުން ނަމާދަކީ (މަލާއިކަތްބޭކަލުން)  ޙާޟިރުވެ ހެކިވާ ނަމާދެކެވެ. އަދި ބިމަށް ޖަހާފައިވާ ލޮންސިއެއްގެ އެންމެ ކުޑަމިންވަރަށް ހިޔަނި ކުޑަވެއްޖައުމަށް ދާންދެން ނަމާދުކުރާށެވެ. ދެން އަނެއްކާވެސް ނަމާދުކުރުމުން މަނާވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އެވަގުތަކީ ނަރަކަ ރޯކުރެވޭ ހިނދެވެ. ދެން ހިޔަނި ދިގުދެމިގެންދާ ހިނދު ނަމާދު ކުރާށެވެ. ހަމަކަށަވަރުން ނަމާދަކީ (މަލާއިކަތްބޭކަލުން)  ޙާޟިރުވެ ހެކިވާ ނަމާދެކެވެ. ޢަޞްރު ވަޤުތަށް ދަންދެނެވެ. (ޢަޞްރު ވަޤުތު ވުމުން) ދެން އިރު އޮއްސިއްޖައުމަށް ދަންދެން ނަމާދުކުރުމުން މަނާވެގަންނާށެވެ. ފަހެ އިރު އޮއްސެނީ ޝައިޠާނާގެ ދެ ދަޅުގެ ދެމެދުންނެވެ. (މާނައަކީ އިރު އޮއްސެމުން އަންނަ ވަގުތު ޝައިޠާނާ، އޭނާގެ ބޯ އިރު އޮއްސޭ ދިމާލަށް ކައިރި ކުރެއެވެ. އެހެންކަމުން އޭނާގެ ދެދަޅުގެ މެދުން އިރު އޮއްސޭ ކަހަލައެވެ.) އަދި އެހިނދު ކާފިރުން އިރަށް ސަޖިދަކުރެއެވެ." 

ނަމާދު ކުރުން ނަހީ ވަޤުތުތަކާއި އޭގެ ޙިކުމަތް މި ބަޔާންވެދިޔަ ޙަދީޘްގައި ބަޔާންވެފައިވެއެވެ.

މި ވަޤުތު ތަކުގައި ނަމާދު ކުރުން ނަހީ ކުރެއްވުމުގެ ޙިކުމަތަކީ، ކާފިރުންނާއި އެއްގޮތްވުމުން ދުރުވުމެވެ. އެހެނީ އެ ކާފިރުން، އިރު އަރާ ވަޤުތު، އުފަލުން، އެއަށް މަރްޙަބާ ކިޔުމަށްޓަކައި ސަޖިދަކުރެއެވެ. އަދި އިރު އޮއްސޭ ވަޤުތު އެއަށް އަލްވިދާޢު ކިޔުމުގެ ގޮތުން ސަޖިދަކުރެއެވެ. ޝިރްކަށް މަގުފަހިކޮށްފާނޭ ހުރިހާ ދޮރެއް ބަންދުކުރެއްވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުހަނު ސަމާލުކަން ދެއްވިއެވެ. އަދި އިރު އަރައި މެދު ޖެހޭ ވަޤުތު، އެ މެދުން ފިލައްޖެއުމަށް ދަންދަން، ނަމާދު ކުރުން ނަހީވެގެންވާ ސަބަބަކީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ފަދައިން، އެއީ ނަރަކަ އަންދާލެވޭ ވަޤުތުކަމުގައި ވުމެވެ.” من فتاوى الشيخ ابن عثيمين 1/354. 

ނޯޓު:

ހ- ފަރްޟު ނަމާދެއް ފާއިތުވެފައިވާ މީހާގެ މައްޗަށްވަނީ ވީހާވެސް އަވަހަކަށް އެ ނަމާދު ކުރުމެވެ. އެއީ ނިދުމުގެ ސަބަބުން އެ ނަމާދު ފާއިތުވިކަމުގައިވިޔަސް ނުވަތަ ހަނދާންނެތުމުގެ ސަބަބުން އެނަމާދު ފާއިތުވިކަމުގައިވިޔަސް މެއެވެ. އޭނާ، ނަހީ ވަޤުތެއް، މަކްރޫހަ ވަޤުތެއް ބަލާކަށް ނުޖެހޭނެއެވެ. (ބައްލަވާ: المغني 2/515) 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

إِذَا رَقَدَ أَحَدُكُمْ عَنِ الصَّلاَةِ أَوْ غَفَلَ عَنْهَا فَلْيُصَلِّهَا إِذَا ذَكَرَهَا فَإِنَّ اللَّهَ يَقُولُ أَقِمِ الصَّلاَةَ لِذِكْرِى (رواه مسلم (684) 

މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް، ނިދީގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ފާއިތުވެއްޖެނަމަ، އެކަން ހަނދާންވީ އިރަކުން އެ ނަމާދު ކުރާށެވެ! ފަހެ، ﷲ ވަޙީކުރައްވަނީ (أَقِمِ الصَّلاَةَ لِذِكْرِى) (ތިމަންއިލާހު ހަނދުމަކުރުމަށްޓަކައި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ) މިފަދައިންނެވެ."  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684)  

މާނައީ: "ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދު ކުރާށެވެ." 

ށ- ސުންނަތް ނަމާދު ކުރުން ނަހީ ވަޤުތުތައްވެސް ވެއެވެ. އެގޮތުން

  • ފަތިސް ވީއްސުރެ، އިރު އަރައި ހަމަޖެހިއްޖައުމަށް ދަންދެން ސުންނަތް ނަމާދު ކުރުން ނަހީވެގެންވެއެވެ.
  • ޢަޞްރު ވީއްސުރެ އިރު އޮއްސިއްޖައުމަށް ދަންދެން ސުންނަތް ނަމާދު ކުރުން ނަހީވެގެންވެއެވެ.
  •  

ސަބަބެއް މެދުވެރިވެގެން ކުރަންޖެހޭ ސުންނަތް ނަމާދު މީގެން އިސްތިސްނާވެގެންވެއެވެ. މިސާލަކަށް ކޭތަ ހިފައިފިނަމަ ކޭތަ ނަމާދު ކުރުމާއި، މީގެން ވަޤުތެއްގައި މިސްކިތަށް ވަދެއްޖެނަމަ މަސްޖިދު ސުންނަތް މި ނަހީ ވަޤުތުގައިވެސް ކުރެވޭނެއެވެ.  

މަރްޖިޢު

https://islamqa.info/ar/answers/8818

https://islamqa.info/ar/answers/20013

 

މިއަދު އޮންލައިން