މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ސުވާލު:
ބޭކާރު ވާހަކަދެއްކުން ގިނަ މީހުންނާ ވާހަކަދައްކަން ފޫހިވޭތަ؟
އެހީ:
ކިޔުންތެރިންނަށް ފެނިލައްވާ ގޮތަކަށް ޖަވާބު ދެއްވީމާ ރަނގަޅުވާނެއެވެ.
ބޭކާރު ވާހަކަދައްކުން ގިނަކުރުމަކީ ގިނަ ބައަކު ނުރުހޭ ކަމެކެވެ. އިސްލާމް ދީނުގައި އޮތީވެސް ބޭކާރު ވާހަކަ ނުދެއްކުމަށެވެ. ފައިދާހުރި ވާހަކަދެއްކުމަށެވެ. މީހުންނާ ވާހަކަދައްކާއިރު އަނެކާގެ ވަޤުތަށް އިޙްތިރާމްކުރުމަށެވެ. ޙަދިޘްފުޅުގައި އޮތީ ފައިދާކުރާނެ ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ. އަދި ބޭކާރު ޥާހަކަ ނުދެއްކުމަކީ ރިވެތި އަޚްލާޤްގެ ތެރެއިން ހިމެނޭ ކަމެކެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.