އަދި ކުރިއަށް މިދަނީ އިސްލާމް ދީނަށް ނަޞްރުލިބޭނެ ޒަމާން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އަދި ކުރިއަށް މިދަނީ އިސްލާމް ދީނަށް ނަޞްރުލިބޭނެ ޒަމާން! އިން ޝާ ﷲ

ބައެއް މީހުންނަށް ހީވެގެން އުޅެނީ ޒަމާން ފަސްވެ އިސްލާމް ދީން ނިކަމެތިވުމުގެ ދުވަސް އައިސް ބައްދަލުކޮށްފި ކަމަށެވެ. އެއީ ވަރަށް ކުށް ވިސްނުމެކެވެ. އެއީ ޙަޤީޤަތެއްނަމަ ދުނިޔޭގެ އެންމެ ބޮޑެތި ޑިމޮކްރަސީތަކުގައާއި ދީނީ މިނިވަންކަން އެންމެ ބޮޑަށް އޮތް ޤައުމުތަކުގައި އެންމެ ބާރަށް ކުރިއަރާނީ އިސްލާމް ދީނެއް ނޫނެވެ.  

ވެގެން މިއުޅޭ ގޮތަކީ އަބޫޖަހުލުން ގިނަވީއެވެ. ޖާހިލުކަންމަތީގައި އުޅެން ބޭނުންވާ މީހުން ގިނަވީއެވެ. ވީމާ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ އުފާތައް ޙާޞިލުނުކުރެވިދާނެ ކަމުގެ ބިރަށް ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރެވެނީއެވެ.

މިޒަމާނުގެ ތާރީޚަށް ބަލާށެވެ! އިސްލާމް ދީން ނިކަމެތިކުރުމަށް ހިންގާ ކޮންމެ ޙަރަކާތަކާއި ގުޅިގެން ނަޞްރު ލިބެނީ އިސްލާމް ދީނަށެވެ. އަލަށް އިސްލާމްވާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވެއެވެ. ދާނީވެސް އިތުރުވަމުންނެވެ. އިން ޝާ ﷲ

ހަނދާނަށް ގެނެސް ޢިބްރަތް ޙާޞިލް ކުރަންވީ މިފަދަ ބަސްތަކުންނެވެ.

ގެ ޝަރީޢަތުގެ ރާޅުގަނޑުގައި ﷲ ބާވާލެއްވިތަކެތި ނޫން އެހެން އެއްޗެހިން ޙުކުމްކުރާ ޝިރުކީ ޑިމޮކްރަސީގެ ކޮންމެ އޮޑިއެއް ފެތިގެންދާނެއެވެ. އަދި މުސްލިމުންނަށް ބަރަކާތާއި ޢިއްޒަތާއި ޝަރަފު ގެނެސްދޭނެއެވެ. މިއީ ﷲ އާއި އެއިލާހުގެ ރަސޫލު ގެ ވަޢުދުފުޅެވެ.

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ (As-Saf 61:9)

"އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ ދީން ތަކުގެ މައްޗަށް އެ ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ."

- އައިޝަތު އަހުނާ

 

 

 

 

މިއަދު އޮންލައިން