ބައްޔަކާއި ގުޅިގެން ބޭފުޅުންނޭ ނަމަނަމަ މީހުންނަށް ފުރައްސާރަ ވާނޭހެން ވާހަކަ ނުދައްކަވާތި. ސަބަބަކީ ބަލި ޖައްސަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ. އަދި ބަލި އުފުއްލަވަނީވެސް އެކަލާންގެ. އެކަލާންގެ ބަލި ޖައްސަވަނީ އެކަލާންގެ އިރާދަ ކުރެއްވި އަޅަކަށް.
އެހެންމެ މިއަދު އޭނާ ބަލި. މިއަދު އަނެކާ ބަލި. އަދި ފަހަރުގަ މާދަމާ ތިބާވެސް ބަލިވެދާނެ. އެހެންވީމާ ބަލި މީހަކު ހިތުގަ ޖެހޭފަދަ އެއްވެސް ކަހަލައިގެ ވާހަކައެއް އަޅުގަނޑުމެން ދައްކައިގެން ނުވާނެ. ބަލި މީހުންނަށް ޒިޔާރަތް ކުރަން ގޮސް ހުންނަ މީހާވެސް ބަލި މީހާއަށް އަބަދުވެސް އުފާ ލިބެނިވި ވާހަކަތައް، އޭނާ މޯޅިވާ ކަހަލަ ވާހަކަތައް، އޭނާ މާޔޫސްވާ ކަހަލަ ވާހަކަތައް ދައްކައިގެން ނުވާނެ. އެއީ ރަނގަޅު ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ޙަދީޘުންވެސް އެބަ އިނގޭ.
އަދި ހަމައެހެންމެ ބޭފުޅުންނޭ، ބަލި މީހުންނަށް ހެޔޮކޮށް ކަންތައް ކުރުމަކީ ތިބާއަށް ކުރެވިފަ ހުރި ގޯސް ޢަމަލްތަކަށް ހުރި ކައްފާރައެއް. އަދި ހަމައެހެންމެ ބަލި ޖެހިގެންވާ މީހާ ދަންނަންވީ، ތިމަންނައަށް މިކަމެއް ޖެހިފަ މިއޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަޤުދީރުގަ އެކަން އޮތީމަކަން. އެހެންމަ މިހާލަތަކީ އިމްތިޙާނުގެ ހާލަތެއްކަން. ﷲ ސުބުހާނަހޫ ވަތަޢާލާ ތިމަންނަ ޓެސްޓު ކުރައްވަނީކަން. އެހެންމަ ތިމަންނަ ކުރަންވީ ކަމަކީ މިކަމަށް ކެތްތެރި ވާންވީކަން.
ބައްލަވާ އައްޔޫބް ޢަލައިހިއް ސަލާމް. އެކަލޭގެފާނުންނަށް މުދާ ދެއްވި. އަހުލުން ދެއްވި. ޞިއްހަތު ދެއްވި. އެހުރިހާ ކަމެއް ދެއްވުމަށް ފަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށްޑިހަ ވަރަކަށް އަހަރު ފަހުން އެކަލޭގެފާނަށް އިމްތިޙާނު ކުރިމަތި ކުރެއްވެވި. މުދާ ގެންދެވި. އެކަލޭގެފާނުންގެ އަހުލުން ގެންދެވި. މަރުވެގެން ދިޔައީ ހުރިހާ ދަރިންތައް. މީހުންތައް ވަކިވެގެން ދިޔައީ، އެންމެ ކައިރި ދެ ރައްޓެހިންނާއި އަނބިމީހާ ފިޔަވައި، އަނބިކަނބަލުން ފިޔަވައި. އެހެންނަމަވެސް އެކަލޭގެފާނު ކެތްތެރި ވެލެއްވި. އެ ދަތި އުނދަގު ހާލުގައި ކެތްތެރި ވެލެއްވީމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރުގައި އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ.
އެހެންވީމަ ބައްލަވާ. ބަލިމީހާ ބިސްނަންވީ މީ ތިމަންނަގެވެސް ކުށްފާފަތަކަށް އޮތް ކައްފާރާއެކޭ، ބަލިވުމަކީ އޭގެ ޒާތުގައި. އަދި މީހަކު ބަލިވެފައިވާތަން އަނެކާއަށް ފެނިއްޖެއްޔާ އަނެކާ ވިސްނަންވީ ތިމަންނައަށް ލިބިފަ އޮތް މިޞިއްޙަތުގެ ބޮޑުކަން. އެއީ އޭނަ ﷲ ސުބުޙަނަހޫ ވަތަޢާލާއަށް ޝުކުރު ކުރަންވީ ކަމެއް ކަމުގައި ހަނދާންކޮށް އެގޮތުގެ މަތީގައި ޢަޒުމް ކަނޑައަޅައިގެން ކުރިއަށް ދާންވީ.
- ޝައިޚް ޢަލީ ޒައިދު