ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް އަނަނަ މަހު ފެށޭނެ: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް އަނަނަ މަހު ފެށޭނެ: މިނިސްޓަރ

އަންނަމަހު، ނ އަތޮޅު ވެލިދޫގައި ޑަޔަލިސިސް ގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން މި ޚިދުމަތް ދެން އެންމެ އަވަހަށް ފެށިގެންދާނެ އެއް ރަށަކީ ނ. ވެލިދޫ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

"ޑަޔަލިސިސްގެ ހިދުމަތް ހޯދަންޖެހޭ މީހުން ގިނަ ރަށްރަށަށް ބައްލަވައިގެން، މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިގެންއެބަދޭ، އެގޮތުން ހއ. އިހަވަންދޫގައި ވަރަށް ފަހުން މިހިދުމަތް ފަށައިފިން، ނ. އަތޮޅުގައި ޑަޔަލިސިސްގެ އެނދު އިތުރުކޮށްފިން، ގއ. ވިލިނގިލީގައިވެސް މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެވެމުންދާނެ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަސްދުވަސް ތެރޭގައި ނ. ވެލިދޫގައިވެސް މިހިދުމަތް ފެށިގެންދާނެ،" މިނިސްޓަރ ނާޒިމް.

ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައެއް ޑަޔަލިސިސްގެ ހިދުމަތް ގަވާއިދުން ހޯދަންޖެހެއެވެ. ރަށުން މި ޚިދުމަތް ނުލިބޭ ނަމަ އެންމެ ކައިރި ރަށަކަށް ގޮސްގެން މިފަރުވާ ހޯދަން ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުުގެ އަމާޒެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން