ޕެންޝަން އޮފީހުން މިއަހަރުވެސް "3 ޖެނެރޭޝަން ވޯކް" ބާއްވަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޕެންޝަން އޮފީހުން މިއަހަރުވެސް "3 ޖެނެރޭޝަން ވޯކް" ބާއްވަން ނިންމައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "3 ޖެނެރޭޝަން ވޯކް" މިއަހަރުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ މި ހަރަކާތް އޮންނާނީ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އާއިލާތަކުގެ ތިން ޖީލު އެކުވެ، އެއް މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތުގައި ކުޑަކުދިންނާއި، މައިންބަފައިންނާއި އަދި މާމަ ކާފައިންނަށް ބައިވެރިވެވޭނެއެވެ. މި ހަރަކާތުގައި ހާއްސަ ހިނގާލުމެއްގެ އިތުރުން އެހެނިހެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި މި ހަރަކާތުގައި ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިމެނޭނެއެވެ. އަދި މީގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރެވޭނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދޮށީ އުމުރުގެ ފަރާތްތަކަށް އާއިލާއާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. ފާހަގަކޮށްލެވޭ ކަމަކީ މިއީ އާޢިލާތަކުގެ ތިން ޖީލުގެ މީހުންނަށް ޚާއްޞަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ މިފަދަ ތިންވަނަ ހަރަކާތް ކަމެވެ.

މިއަދު އޮންލައިން