ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރައްސާރަކުރި މައްސަލަ ބަލަން އެޗްއާރުސީއެމުން ގޮވާލައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރައްސާރަކުރި މައްސަލަ ބަލަން އެޗްއާރުސީއެމުން ގޮވާލައިފި!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ރާއްޖެ ތީވީގެ ޕްރަގްރާމެއްގައި ވާހަކަދައްކާފައިވާތީ އެފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް އެޗްއާރުސީއެމުން ގޮވާލައިފިއެވެ. 

އެޗްއާރުސީއެމްގެ ނޫސްބަޔާން: 

2025މާރިޗު 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން މި ކޮމިޝަނުން ކުށްވެރިކުރަމެވެ. 

މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވެއެވެ. ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވެއެވެ. އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ

 

މިއަދު އޮންލައިން