ކޮންމެހެން ނިދަންޖެހިއްޖެނަމަ ނޫނީ ފަތިސްނަމާދަށްފަހު ނުނިދާށެވެ! އެއީ އެއަށްވުރެ މާފައިދާހުރި ވަޤުތުކޮޅެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކޮންމެހެން ނިދަންޖެހިއްޖެނަމަ ނޫނީ ފަތިސްނަމާދަށްފަހު ނުނިދާށެވެ! އެއީ އެއަށްވުރެ މާފައިދާހުރި ވަޤުތުކޮޅެކެވެ!

މީހެއްގެ ނިދީގެ ޙާލަތު ހުންނަ ގޮތުން ކޮންމެހެން ނިދަންޖެހިއްޖެނަމަ ނޫނީ ފަތިސްނަމާދަށްފަހު ނުނިދާށެވެ! އެއީ އެއަށްވުރެ މާފައިދާހުރި ވަޤުތުކޮޅެކެވެ. 

ސަބަބަކީ އެވަޤުތުގައި ބަރަކާތް ލެއްވެވުން އެދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަދީ ދުޢާކުރައްވަވައިފައެވެ. ވީމާ ފަތިސްނަމާދަށްފަހު ޛިކުރުތައް ކިޔުމަށްފަހު އަވަހަށް ކޮންމެވެސް މަސައްކަތަކަށް އެނބުރޭށެވެ. ގޭގައި ކުރަން ހުންނަ މަސައްކަތަކީވެސް ހަމަ މުހިންމު މަސައްކަތެވެ. 

ދެން ބަލައިލަންވީ އެވަޤުތު ގިނަ ބައަކަށް ނިދަންޖެހޭ ސަބަބަށެވެ. އެއީ ލަހުން ނިދުމެވެ. ކޮފީ ނުވަތަ ރެޑްބުލް ފަދަ ތަކެތި ބުއިމަށް ގިނަ ވަޤުތުތަކެއް ބޭކާރު ގޮތުގައި ހޭދަކުރެވޭ ކަމެވެ. ނުވަތަ އެނޫންވެސް ކަންކަމުގައި ވަޤުތު ހޭދަކުރެވޭކަމެވެ. 

ރޭގަނޑު ޢިޝާނަމާދުކޮށް ކައިނިމުމުން ޙަދީޘްފުޅުގައިވާ މަގުން އަވަހަށް ނިދަން މަސައްކަތްކުރާށެވެ! މިބަޔާންކުރި އަގުހުރި ވަޤުތުގެ ފައިދާ ޙާޞިލުކުރެވޭނެ މީހަކަށްވެވޭނީ ފަތިސްނަމާދުކޮށް މިބުނި މަގުން ދުވަސްފަށައިގެންނެވެ.

 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން