އެންމެ ރަނގަޅު އެކުވެރިން އެނގެން އެބަޖެހޭ! ނޫނީ ޤިޔާމަތް ދުވަހު ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެންމެ ރަނގަޅު އެކުވެރިން އެނގެން އެބަޖެހޭ! ނޫނީ ޤިޔާމަތް ދުވަހު ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވެދާނެ!: މުފްތީ މެންކް

ގިނަ ބައަކަށް އެންމެ ރަނގަޅު އެކުވެރިން ކަމުގައި ބެލެވެނީ ތިމާއަށް ކުރެވޭ ފާފަތަކަށް ހިތްވަރުދީ ތިމާއާއިއެކު ފާފަތައްކުރާ މީހުންނެވެ. އެއިގެ ތެރޭގައި ނެތިމޮށުމާއި ބޭކާރު ވާހަކަތައް ދައްކައި އުޅޭ މީހުންވެސް ހިމެނެއެވެ. ހަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރިވުން ފަދަ ނުބައި ޢަމަލުތައް ކުރާ މީހުންވެސް ހިމެނެއެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރާ މީހަކާއިއެކު އެކުވެރިކަން ބާއްވައި އެފަދަ މީހަކީ އެންމެ ގާތް އެކުވެރިން ކަމުގައި ބަލާނަމަ އެމީހަކަށް އެދެވެނީ ނަރަކަ ޢާއި ގާތްވެވެމުންނެވެ. އަދި އެކަން ވެގެންދާނީ އެމީހެއްގެ ދުނިޔަވީ ޙަޔާތްވެސް ނަގައިލެވޭ މީހަކު ކަމުގައެވެ.  

އެއިގެ ބަދަލުގައި ފާފަނުކުރާ އަދި ތިބާއަށް ފާފައެއް ކުރެވެން އުޅެވޭނަމަވެސް އެކަން ހުއްޓުވާ މީހުންނަކީ އެކުވެރިން ކަމުގައި ހަދައިފިނަމަ ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ. އަދި ތިބާއަށް ނަމާދުކުރަން ހިތްވަރުދީ އެކަމަށް ބާރުއަޅާ މީހުންނާއި ރިވެތި ގޮތުގައި ޒަވާޖީ ޙަޔާތް ހޭދަކުރަން ބާރުއަޅާ މީހުންނާއި އެކުވެރިކަން ބޭއްވުމުން ތިބާއަށް އުޅެވެމުން ދާނީ ރަނގަޅު ގޮތުގައެވެ. 

އެފަދަ މީހުންނާއި އެކުވެރިކަން ބާއްވާނަމަ އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނީ ޤިޔާމަތް ދުވަހުގައެވެ. ހިތަށް އަރާނެއެވެ. "އަހުރެންނަށް ނަރަކައިން ސަލާމަތް މިވެވުނީ މިވެނި އެވެނި އެކުވެރިންގެ ސަބަބުންނެވެ. މަގުން ކައްސާލެވެން ދިއަ ވަޤުތުތަކުގައި އެމީހުން އަހުރެންނަށް އެހީތެރިވެދީ އެކަމުން އަހުރެން ސަލާމަތްކޮށްދޭން މަސައްކަތްކުރީތީއެވެ."

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން