މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ސުވާލު:
ރަމަޟާން މަސް ޙާޞިލުކުރަން މިހައިތަނަށް ކުރެވުނު މަސައްކަތަށް ހިތްހަމަޖެހޭތަ؟
އެހީ:
ކިޔުންތެރިންނަށް މަސައްކަތްކުރެއްވުނުވަރު އެނގިލައްވާނީ އެކިޔުންތެރިއަކަށެވެ. އަމިއްލަފުޅަށް އެކަން އިޙްޞާޞްކުރެއްވޭ ގޮތަކަށް ޖަވާބު ދެއްވީމާ ރަނގަޅުވާނެއެވެ.
ކިތަންމެ ބޮޑަށް މަސައްކަތްކުރަން އުޅުނަސް ތަފާތު ސަބަބުތައް މެދުވެރިވި ބައަކުވެސް ތިބޭނެއެވެ. ޚާއްޞަކޮށް އަންހެނުންގެ ތެރޭގައި ގިނަވާނެއެވެ. ވީމާ އެހެން މީހަކަށް ދިމާވި ޙާލަތު ކުށްވެރިކޮށްގެން ނުވާނެއެވެ. އަދި އޮތީ ހިތްވަރު ދިނުމެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.