ކައްވަޅުގެ ޢަޛާބާއިމެދު އެއްވެސް ވަރަކަށް ވިސްނަމު ހެއްޔެވެ؟ އެއްވެސް ކަމެއް އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައްވަޅުގެ ޢަޛާބާއިމެދު އެއްވެސް ވަރަކަށް ވިސްނަމު ހެއްޔެވެ؟ އެއްވެސް ކަމެއް އެނގޭ ހެއްޔެވެ؟

ކައްވަޅުގައި ހޭދަކުރަން ޖެހޭނެ މުއްދަތުގެ ދިގުކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެކަން އެނގޭނެ އެކަކުވެސް ނެތެވެ. ބައެއް ޢިލްމްވެރިން ދެކެލައްވާ ގޮތުގައި ދުނިޔޭގައި އެންމެ ފުރަތަމަ މަރުވި މީހާއާއި އެންމެފަހުން މަރުވާ މީހާއަށްވެސް ކައްވަޅުގެ ޙަޔާތުގެ ދިގުމިން އެއްވަރެވެ. އެއީ އެބޭކަލުން އެކަމަސް ބިރުވެތިވެލައްވާވަރު ބޮޑުކަމުން އެކަމުގައި ދެކެލައްވާ ގޮތެވެ!

ކައްވަޅުގެ ޢަޛާބުގެ ވާހަކަ ދެކެވުމުން އަޑުއަހަން ބޭނުންނުވެ ކައްވަޅުގެ ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ.

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.:

"ހަމަކަށަވަރުން ކަށްވަޅަކީ އާޚިރަތުގެ ފުރަތަމަ މަންޒިލެވެ. ފަހެ، އެއިން ސަމާލަތްވެއްޖެމީހާ ދަންނައެވެ. ފަހެ، އޭގެފަހުން އޮތް ކަންކަން އެއަށްވުރެ ފަސޭހަވެގެންވެއެވެ. އަދި އެއިން ސަލާމަތް ނުވިމީހާ ދަންނައެވެ. ފަހެ، އޭގެފަހުން އޮތް ކަންކަން އެއަށްވުރެ އުނދަގޫވެގެންވެއެވެ."

ޢުޘްމާންގެފާނު ޤަބުރެއްގެ ކައިރިއަށް ހުއްޓިވަޑައިގަންނަވާހިނދު، އެކަލޭގެފާނުގެ ތުނބުޅިފުޅު ތެމެންދެން ކީރިތި ކުރައްވަވައެވެ. އެކަމުގެ ސަބަބުވެސް ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.

ސުވަރުގެއާއި ނަރަކަ ޛިކުރުކުރައްވާއިރު ކީރިތި ނުކުރައްވައި ޤަބުރުކައިރީގައި މިވަރަށް ކީރިތި ކުރެއްވެވީ ކައްވަޅުގެ ޢަޛާބުން ސަލާމަތްވެވިއްޖެ މީހާގެ އާޚިރަތް ފަސޭހަވެފައި ސަލާމަތް ނުވެވުނު މީހާއަށް އާޚިރަތް ދަތި އުނދަގޫވާނެތީއެވެ.

ވީމާ ފުރަތަމަ ކަމަކަށްވެސް ކައްވަޅުގެ ޢަޛާބަށް ބިރުވެތިވާން މަސައްކަތްކުރާށެވެ! އިން ޝާ ﷲ އާޚިރަތް ކާމިޔާބު ކުރެވޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން