ރޭގަނޑު ރަނގަޅަށް ނިދީމާވެސް ނިދިގިނަވެ އުނދަގޫތައް ކުރިމަތިވާނަމަ ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރޭގަނޑު ރަނގަޅަށް ނިދީމާވެސް ނިދިގިނަވެ އުނދަގޫތައް ކުރިމަތިވާނަމަ ކުރެވިދާނެ ބައެއް ކަންކަން-

ކިތަންމެ ރަނގަޅަށް ނިދައިގެން އޮފީހަށް ދިއަ ނަމަވެސް އިރުކޮޅެއްވާއިރަށް ނިދިއައިސް މަސައްކަތްކުރަން އުނދަގޫވެއެވެ. ނަމާދު ނިމިގެން ކިޔަވާލަން ފަށާއިރަށްވެސް ނިދިއާދެއެވެ. މިޙާލަތުގައި ޙައްލަކީ ކޮބައިތޯއެވެ؟

ރަނގަޅަށް ނިދީމާވެސް، ހަމަ ނިދިއަންނަނީއެވެ. މިކަން ރަނގަޅުކުރަން ކިޔާނެވަކި ޚާއްޞަ ދުޢާއެއް އޮވޭތޯއެވެ؟

މިފަދަ ސުވާލުތަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބު:

ދުޢާ އަކީ މުސްލިމުންގެ ހަތިޔާރެވެ. އެމީހަކަށް އެވަގުތެއްގައި އެންމެ ބޭނުން ޖެހިފައިވާ ކަމަކަށް އެދި ދުޢާ ކުރަންވީއެވެ. ވަކި ބަހަކުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ. ކޮންމެ ބަހަކުން ދުޢާ ކުރިނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.

ވީމާ، ދިމާވެގެން އުޅޭ މައްސަލާގައި ޝިފާ ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރާށެވެ. ހަމައެއާއި އެކު ޞިއްޙީ ގޮތުން މައްސަލަ އެއް ހުރިތޯ ބަލާށެވެ. والله أعلم --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ބައެއް ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި އާދައާ ޚިލާފަށް ނިދި ގިނަވާ މައްސަލަތަކުގެ ތެރޭގައި ގިނައިން ކެއުމާއި ނިދިގިނަވާ މާއްދާއެއް ހިމެނޭ ބޭހެއް ކެއުން ހިމެނެއެވެ. ވީމާ އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރަކާއި މަޝްވަރާކޮށްލުން ބުއްދިވެރިއެވެ.

 

 

މިއަދު އޮންލައިން