އެންމެ މުހިންމީ ރިވެތި އަޚްލާޤް! މިސިފަތައް ތިބާގެ ކިބައިގަ ހުރި މިންވަރާމެދު އަމިއްލައަށް ވިސްނާލުން މުހިންމު!

ކިޔުމަށް ހޭދަވާނީ 2މ 28ސ
އެންމެ މުހިންމީ ރިވެތި އަޚްލާޤް! މިސިފަތައް ތިބާގެ ކިބައިގަ ހުރި މިންވަރާމެދު އަމިއްލައަށް ވިސްނާލުން މުހިންމު!

ޢާއިޝަތު ރަފާޙް ޢަލީ

މުޖުތަމަޢުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރިވެތި އަޚްލާޤީ ސިފަތައް ނެތިދިއުން ކަމަށް ބުނެވިދާނެއެވެ. ގޭތެރޭގެ ކަންކަން ގޯސްވެ އަދި މަގުމަތީގެ ކަންކަންވެސް ގޯސްވެ ނުރައްކާތެރި ޙާލަތަށް ގޮސްފައި މިވަނީ މީސްތަކުންގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ނެތެމުންދާތީއެވެ.

ރިވެތި އަޚްލާޤަކީ އިސްލާމްދީނުގައި އެހައި ބޮޑަށް ސަމާލުކަން ދެއްވަވާފައިއޮތީ އެސަބަބަށްޓަކައެވެ. ރިވެތި އަޚްލާޤަކީ މުސްލިމުންގެ ކިބައިގައި ހުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. މުސްލިމުންގެ ކިބައިގައި ހުންނަ ރިވެތި އަޚްލާގުގެ ސަބަބުން މުސްލިމުންނާއި ޣައިރް މުސްލިމުން ތަފާތުވެގެން ދެއެވެ. ފުރިހަމަ ގޮތުގައި މުސްލިމަކަށް ވެވޭނީ އޭނާގެ މުޢާމަލާތްތަކުގައި ހެޔޮ އަޚްލާޤާއި ރީތި ސިފަތައް ލިބިގެންވާނަމައެވެ.

އެގޮތުން ތިރީގައި މި ހިމަނާލަނީ ރަނގަޅު އަޚްލާޤު ހުރި މުސްލިމެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ.:

• އޭނާގެ ބަސްތަކާއި އަމަލުތަކުގައި ތެދުވެރިވުން

• ދޮގުހެދުމާއި ނިފާޤުން ދުރުހެލިވުން

• ވަފާތެރިވުން

• އެހެން މީހުންގެ ޙައްގުތަކަށް އަރައިނުގަންނަ މީހެއް ކަމުގައިވުން

• ފާފަތަކާއި ނުބައިކަންކަމަށް އަރައިގަންނަން ލަދުވެތިވުން، ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ."އީމާންތެރިކަން

އަށްޑިހަ ހަތް ގޮފި ހުންނައިރު، ލަދުވެތިކަމަކީ އީމާންކަމުގެ ގޮގޮތްޕެއް."

• ދީލަތި، ދިނުން، އެހެން މީހުންނަށް ހެޔޮކަންކަން ލިބުމަށް ލޯބިކުރާ، އަދި އެމީހުންނަށް ނުބައިކޮށް ނުހިތާ މީހެއްކަމުގައިވުން

• އިންސާފުވެރި، އަނިޔާވެރިނޫން މީހެއް ކަމުގައިވުން

• އެހެން މީހުންނަށް ރަޙްމަތްތެރި، ކެތްތެރި، މަޑުމައިތިރި މީހެއް ކަމުގައިވުން

• ކިބުރުވެރި ނުވާ ނުވަތަ އެހެން މީހުންނަށް މަލާމާތް ނުކުރާ މީހެއް ކަމުގައިވުން

• ހިތްވަރުގަދަ، ހަގީގަތް ދިފާއުކުރާ، އަދި މާތްالله އަށް ކުއްތަންވެ ބިރުވެތިވާ މީހެއް ކަމުގައިވުން

• ޤަޟާ ޤަދަރަށް އީމާންވާ މީހެއް ކަމުގައިވުން، ސަބަބަކީ ރަނގަޅު ވަގުތުތަކާއި ނުރަނގަޅު ވަގުތުތަކުގައި މާތްރަސްކަލާނގެ ޙުކުމްތަކުން ހިތްހަމަޖެހޭ މީހެއް ކަމުގައި ވާން ވާނެއެވެ.

• އޭނާގެ ނަމާދުތަކުގައި ކެތްތެރިވެ، ނަމާދުނުކުރުމުން ރައްކާތެރިވުން

• އޭނާގެ ކިބައިން ނުބައި ބަހެއް ނުނިކުމެއެވެ، އަދި ކުޑަ ބަހަކުން ވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެއެވެ

• އޭނާ ކެތްތެރިވެ، އޭނާ ކުރިމަތިލާން ޖެހިފައިވާ ހުރިހާ މައްސަލަތަކެއްގެ ޝަކުވާ މީހުންނަށް ނުކުރެއެވެ، ސަބަބަކީ އޭނާގެ ކަންބޮޑުވުމާއި ހިތާމައިގެ ޝަކުވާ އެންމެ ހައްގުވަނީ މާތްރަސްކަލާނގެއަށްކަން އެނގޭތީއެވެ.

• ހެޔޮ އަޚްލާޤުން ތަފާތުވާ މީހާ ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ފާޙިޝް ޢަމަލުތަކާއި ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވާން ވާނެއެވެ.

• އޭނާގެ ދީނާއި، މި ދުނިޔެއާއި، އާޚިރަތަށް ފައިދާކުރާނެ ކަންކަން ފިޔަވައި އެހެން ކަމްކަމާއި ދުރުހެލިވާނެއެވެ. އަދި އެހެން މީހަކަށް ދެއްވަވާފައިވާ ނިޢްމަތަކަށް ޙަސަދަވެރިއެއް ނުވާނެއެވެ.

މިއަދު އޮންލައިން