ޙާފިޡުންނަށް ސަނަދު އެރުވުމުގެ ފުރަތަމަ ދަސްވެނިވުން މިރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޙާފިޡުންނަށް ސަނަދު އެރުވުމުގެ ފުރަތަމަ ދަސްވެނިވުން މިރޭ!

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަނަދު އެރުވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޝަރަފުވެރި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިރޭގެ ޚާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޒުކަމުގެ ސަނަދު އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާއަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ފުރަތަމަ ޖަލްސާއެވެ.

ޙާފިޡުންނަށް އެރުވޭ ސަނަދަކީ މިހާރު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފައިވާ ސަނަދެކެވެ. އަދި ސަރުކާރުން ވަނީ ޙާފިޡުންނަށް ޚާއްސަކޮށްގެން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް ފަށްޓަވާފައެވެ.

މީގެއިތުރުން، ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިފަހަރުގެ ދަސްވެނިވުމުގައި ޙާފިޡުން ދަސްވެނިވާނީ އެ ފަރާތްތަކަށް ޚާއްސަކޮށް ތައާރަފްކުރެވިފައިވާ ޚާއްސަ ގައުންގައެވެ.

މި ޖަލްސާއަކީ ޙާފިޡުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ޝަރަފްވެރި ޖަލްސާ ކަމަށްވެފައި، މިއީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.

މިއަދު އޮންލައިން