ތިމާގެ އެކައުންޓަށް ކިތަންމެ ގިނައިން ޖަމާކުރިޔަސް އެކަމުން ފައިދާކުރާނީ އެހެން މީހުންނަށް ނުދަރާނަމަ! ނޫނީ ފައިދާކުރާނީ އެހެން ބައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާގެ އެކައުންޓަށް ކިތަންމެ ގިނައިން ޖަމާކުރިޔަސް އެކަމުން ފައިދާކުރާނީ އެހެން މީހުންނަށް ނުދަރާނަމަ! ނޫނީ ފައިދާކުރާނީ އެހެން ބައަކަށް!

ތިރީގައި އެވަނީ ތިމާއަށް އެންމެ ފައިދާހުރި އެކައުންޓަކީ ކޮބައިތޯ؟ މިއަދުނޫހުން ހުޅުވައިލި ސުވާލަށް ކިޔުންތެރިއަކު ދެއްވާފައިވާ ޖަވާބެކެވެ.

"ހެޔޮޢަމަލްތަޢް ޖަމާކުރެވޭ އެކައުންޓު!

ނަމަވެސް އެއެކައުންޓުންތިބާޢަށް ފައިދާކުރާނީ ތިބާގެޢަމަލުތަކުގެސަބަބުން

ޖަމާކުރެވުނުއެއްޗި. އެހެންބަޔަކަށް ނުދަރާ އެތަކެތި އެކައުންޓުގަބެހެއްޓޭނަމަ އެއެކައުންޓުން ތިބާއަށް ފައިދާހުރިއެކައެކައުންޓަކައްވާނެއެވެ.

އެހެންނޫންނަމަ އެއެކައުންޓުވާނީ އެހެންބަޔަކަށް ފައިދާހުރި އެކައުންޓަކަށެވެ." 

މިއީ ކިޔުންތެރިޔާގެ އަމިއްލަ ފުޅު ޢިބާރާތް ކޮޅެކެވެ. މެސެޖް ކިތަންމެހައިވެސް ފުރިހަމައެވެ.   

ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ އެކައުންޓަކީ އެމީހަކު ކުރާ ހެޔޮ ޢަމަލުތައް ޖަމާކުރެވޭ އެކައުންޓެވެ. ކިޔުންތެރިޔާ ފާހަގަކުރައްވާފައި އެވަނީ އެހެންކަމާއިއެކުވެސް އެކައުންޓުން ފައިދާކުރާނީ ތިމާކުރާ ހެޔޮ ޢަމަލުތަކުން އެހެން މީހުންނަށް ދަރަނި އަދާކުރަން ނުޖެހޭނެނަމަ ކަމަށެވެ.  

މިޘާލަކަށް މީހެއްގެ ޙައްޤަކަށް އަރައިގަތުން، މީހަކަށް ދެރައެއް ދިނުން، މީހަކާއިމެދު ދޮގުވާހަކަ ފެތުރުން، ޣީބަ ބުނުން ފަދަ ކަންކަން ކުރާނަމަ ތިމާކުރާ ހެޔޮކަމުން އެމީހަކަށް ނުވަތަ އެބައަކަށް ބަދަލުދޭންޖެހޭނެ ކަމެވެ. އެއިރުން އެ އެކައުންޓުން އެމީހަކަށް ކުރާނެ ފައިދާއެއް ނެތްކަމާއި އެކައުންޓުން ފައިދާކުރާނީ އެހެން ބައަކަށް ކަމެވެ.  

މިކަމަކީ މިއަދުނޫހުގައި ވަރަށް ގިނައިން ފާހަގަކުރެވެމުން އަންނަ ކަމެކެވެ. ޢިލްމްވެރިންގެ ބަސްފުޅުތައް އެންމެ ގިނައިން ގެނެސްދެވޭ އެއް މައްސަލައެވެ. އެހެންވެ ކިޔުންތެރިއަކު އެފަދަ ބަސްފުޅެއް ވިދާޅުވުމުން ކަމުގެ މުހިންމުކަން ބޮޑުކަމުން ފާހަގަކޮށްލީއެވެ.  

ކިޔުންތެރިންގެ ކިބައިން ލިބޭ މިބާވަތުގެ އަގުހުރި ބަސްތައް މިއަދުނޫހުން އަބަދުވެސް ގެނެސްދެމެވެ.

މިއަދު އޮންލައިން