އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ ޙިކުމަތް- ސަލާމަތްކަން އޮތީ ދެނެގަނެ ޢަމަލުކުރި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ ޙިކުމަތް- ސަލާމަތްކަން އޮތީ ދެނެގަނެ ޢަމަލުކުރި މީހަކަށް!

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އޭނާ ދުނިޔެއަށް ފޮނުއްވެވި ޙިކުމަތަށް ޢަމަލުކުރުމަށެވެ. ޢާޚިރަތުގެ ބާއްޖަވެރިކަން ލިބެން އޮތީ އެއިރުންނެވެ. ކޮންމެ ގޮތަކަށް ދުނިޔޭގައި އުޅުނަސް ތަނަވަސްކަމާއި އުފާވެރިކަން އިރާދަކުރައްވަވައެވެ. ނަމަވެސް އެއީ ވަޤުތީ ކަމެކެވެ. މަރުވުމުން ހިތްހަމަޖެހުން ލިބެން އޮތީ ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު ފުރިހަމަކުރަން މަސައްކަތްކުރެވުނު މީހަކަށެވެ. 

އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ ޙިކުމަތަކީ ކޮބާ ހެއްޔެވެ؟ 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވެ، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށެވެ. 

އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ [سورة الذاريات: ٥٦]

މާނައީ: "ތިމަންއިލާހަށް (އިޚްލާޞްތެރިކަމާއެކު) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި އިންސީން ޚަލްޤު ނުކުރައްވަމެވެ." 

[ބައްލަވާ: جامع الفريد (ص: 10)]

 

 

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން