އިސްތިޣްފާރްކުރުމުގެ ފައިދާތަކުގެ ތެރޭގަ ތިމާއަށް ގެއްލުމެއް ނުލިބި ރަނގަޅު ގޮތް މެދުވެރިވުން ހިމެނޭ!: ޝެއިޚް ވަހަޖް ތާރިން

ކިޔުމަށް ހޭދަވާނީ 2މ 43ސ
އިސްތިޣްފާރްކުރުމުގެ ފައިދާތަކުގެ ތެރޭގަ ތިމާއަށް ގެއްލުމެއް ނުލިބި ރަނގަޅު ގޮތް މެދުވެރިވުން ހިމެނޭ!: ޝެއިޚް ވަހަޖް ތާރިން

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްތިޣާފާރުކުރުން ގިނަކުރާށެވެ.

މިޒަމާނުގައިވާ އިސްތިޣާފާރަކީ، ހަމައެކަނި ހިޔާވަހިކަން ލިބިގެންވާ ތަނެވެ.

الله ތަޢާލާގެ އަޅަމެންނަށް ވެއެވެ.

މިޒަމާނުގައިވާ އިސްތިޣާފާރަކީ، ހަމައެކަނި ހިޔާވަހިކަން ލިބިގެންވާ ތަނެވެ.

الله ތަޢާލާއަށް އަދަބުވެރިވުމުގެ ގޮތުން އަޅަމެން ކުރަން ވާނެ ކަމެކެވެ.

الله ތަޢާލާ ކީރިތި ޤުރްއާނުގައި ވެސް ވަޙީ ކުރައްވާފައިވެއެވެ. އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް އަދަބެއް ނުދެއްވާހުށީމެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ސުވަރުގެ ވަޑައިގެންނެވުމާއި ހަމައަށް ކޮންމެ ދުވަހަކުވެސް ގިނަގިނައިން އިސްތިޣްފާރުކުރެއްވެވިއެވެ.  

ހަމަކަށަވަރުން، އެއުރެން އިސްތިޣާފާރު ކުރާހާ ހިނދަކު ތިމަންރަސްކަލާނގެ އެއުރެންނަށް عذاب އެއް ނުދެއްވާހުށީމެވެ.

އެހެންކަމުން ތިޔަބައިމީހުން އިސްތިޣްފާރު ކުރުމުގައި ގިނަވަގުތު ހޭދަކުރާށެވެ. 

އެއީ ކީރިތި ޤުރްއާނުގައިވެސް އެވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

ނޫޙް ޢަލައިހިއްސަލާމްގެ ވާހަކަ ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ.

ނޫޙް ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾‏ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾‏

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"

އިސްތިޣްފާރްކުރާށެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ އުޑުން ވާރޭ ވެއްސަވައެވެ. އަދި އަދި އެކަލާނގެ ތިޔަބައިމީހުންނަށް މުދާ ދެއްވާ ބަރަކާތް ލައްވާނެތެވެ. އަދި ދަރިން ދެއްވާނެވެ. އަދި ތިޔަބައިމީހުންގެ ބަގީޗާތައް ބޮޑުވެ، އެތާނގެ ވަށައިގެން ކޯރުތައް ހިނގަހިނގާ ލައްވާނެއެވެ.

 

 

މިއަދު އޮންލައިން