ހާލިހަދައިގެން ތިބޭ ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން ދުޢާ ނުކިޔައި ފާޚާނާއަށް ވަދެނުކުމެ ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ހާލިހަދައިގެން ތިބޭ ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން ދުޢާ ނުކިޔައި ފާޚާނާއަށް ވަދެނުކުމެ ނުހަދާށެވެ!

މިހާރަކަށް އައިސް ފާޚާނާތައް ހުންނަނީ ވަރަށް ރަނގަޅު ފެންވަރަށް ހަދައިފައެވެ. އެހެންވެ ނަމަވެސް ފާޚާނާއަށް ވަދެނުކުމެ ހަދާއިރު ޑޭންޖެހޭ ސަމާލުކަން އޮންނަނީ ނުދެވިފައެވެ. ކިޔަން ޖެހޭ ޛިކުރުތައް ކިޔުމަށް ގިނަ ބައަކު އިހްމާލްވެއެވެ.  

ފާޚާނާއަކީ ޝައިޠޯނުންތައް ހާލިހަދައިގެން ތިބޭތަނެކެވެ. ވީމާ ފާޚާނާއަށް ވަންނައިރު އާއި ނުކުންނައިރު ދުޢާކުރަން ސަމާލުކަންދޭށެވެ! އެކަމަށް ފަރުވާތެރިވާށެވެ! ޝައިޠޯނާ ތިބާގެ މައްޗަށް ބާރުފޯރުވިކަން އެނގޭނީ ކޮންވަގުތަކުކަން ނުއެނގޭނެއެވެ. ފުރުޞަތުގެ ބޭނުން ހިފާނީ އޭތި ބޭނުންވަތުތަކުއެވެ. 

ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ 

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» [متفق عليه]

މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.   

«اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ» 

މާނައީ: "އޭ ﷲ! ނުބައިވެގެންވާ ފިރިހެން ޝައިތާނުންނާއި ނުބައިވެގެންވާ އަންހެން ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ޙަޟްރަތަށް ދަންނަވަމެވެ. 

[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله]  

ފާޚާނާއިން ނުކުންނަމުން ކިޔާ ދުޢާ: 

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ: «غُفْرَانَكَ» [رواه أحمد] 

މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއިން ނިކުމެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.   

«غُفْرَانَكَ» 

މާނައީ: "އޭ ﷲ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި  ދަންނަވަމެވެ." 

[ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]

 

 

 

މިއަދު އޮންލައިން