ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރަސޫލް ޞޢޥ އާ ޚަދީޖަތުގެފާނުގެ ޢުމުރުފުޅުގެ ތަފާތަކީ ކިތައް އަހަރު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރަސޫލް ޞޢޥ އާ ޚަދީޖަތުގެފާނުގެ ޢުމުރުފުޅުގެ ތަފާތަކީ ކިތައް އަހަރު؟

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.   

މިއަދުގެ ސުވާލު:

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ޚަދީޖަތުގެފާނުގެ ޢުމުރުފުޅުގެ ތަފާތަކީ ކިތައް އަހަރު؟  

އެހީ:

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޚަދީޖަތުގެފާނާއި ކައިވެނިފުޅު ބައްލަވައިގަތީ އިތުރުއެކަލޭގެފާނުގެ ޢުމުރުފުޅުން 25 އަހަރުފުޅުގައެވެ. އެއިރު ޚަދީޖަތުގެފާނުގެ ޢުމުރުފުޅަކީ 40 އަހަރެވެ. ވީމާ ދެކަނބަލުންގެ ޢުމުރުފުޅުގެ ތަފާތަކީ 15 އަހަރެވެ.  

އެހެންކަމާއިއެކުވެސް ޚަދީޖަތުގެފާނު ދުނިޔޭގައި އިންނެވިހައި ދުވަހަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު ކައިވެނިފުޅެއް ކުރައްވަވާފައެއް ނުވެއެވެ. އެކަމުން ޔަޤީންވެގެންދަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިތްޕުޅުގައި ޚަދީޖަތުގެފާނަށް އޮތް ލޯބީގެ މަތިވެރިކަމުގެ ބޮޑުކަމެވެ.   

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

 

 

 

މިއަދު އޮންލައިން