އަބަދުވެސް ނަމާދުކުރަންވީ ވީހައި ފުރިހަމައަށެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންކަމާއިއެކުގައިވެސް ބަރަކާތްތެރި ރަމަމާން މަސް ބައްދަލުކުރާއިރު ވީހާ ފުރިހަމައަށް ނަމާދުކުރަން ތައްޔާރުވުމަކީވެސް ކުރުން އެންމެ މުހިންމު ކަމެކެވެ. ވީމާ ތިރީގައިވާ ލިޔުމުން ސިކުނޑިތައް ތާޒާކޮށްލައްވާށެވެ!
(1) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي رُكُوعِهِ وَسُجُودِهِ: «سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي» [متفق عليه]
ނަބިއްޔާ صلى الله عليه وسلم ރުކޫޢުގައްޔާއި ސަޖިދާގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
"سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي"
މާނައީ:
"އިބަ ﷲ ގެ ހުސްތާހިރުވަންތަކަމާއެވެ! އޭ ﷲ! އަޅަމެންގެ ރައްބު! އަދި ހުރިހާ ޙަމްދު ތަޢުރީފެއް އިބަ ﷲ އަށް ލިބިވޮޑިގެންވެއެވެ. އޭ ﷲ! މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ."
[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله]
(2) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي رُكُوعِهِ: «سُبْحَانَ رَبِّيَ الْعَظِيمِ» [رواه أحمد]
ރަސޫލާ صلى الله عليه وسلم ރުކޫޢުގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
«سُبْحَانَ رَبِّيَ الْعَظِيمِ»
މާނައީ: "މިއަޅާގެ ރައްބު، މަތިވެރި ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ."
- ރިވާކުރެއްވީ އިމާމް އަޙްމަދު رحمه الله
(3) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي رُكُوعِهِ وَسُجُودِهِ: «سُبُّوحٌ قُدُّوسٌ، رَبُّ الْمَلَائِكَةِ وَالرُّوحِ»
[رواه مسلم]
ނަބިއްޔާ صلى الله عليه وسلم ރުކޫޢުގައްޔާއި ސަޖިދާގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
«سُبُّوحٌ قُدُّوسٌ، رَبُّ الْمَلَائِكَةِ وَالرُّوحِ»
މާނައީ:
"އެއިލާހު ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެވޮޑިގެންވެއެވެ. ހުރިހާ ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެއިލާހީ މަލާއިކަތުންނާއި، ޖިބްރީލުގެ ރައްބެވެ."
[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –
ސަޖިދައިގައި ކުރާ ޛިކުރު
(1) كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي سُجُودِهِ:
"سُبْحَانَ رَبِّيَ الْأَعْلَى"
[رواه أحمد]
ނަބިއްޔާ صلى الله عليه وسلم ސަޖިދާގައި މިފަދައިން ވިދާޅުވެއެވެ.
"سُبْحَانَ رَبِّيَ الْأَعْلَى"
މާނައީ: " މިއަޅާގެ ރައްބު، މަތިވެރި ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ."
[ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]
(2) كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي سُجُودِهِ: «اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ ، وَأَوَّلَهُ وَآخِرَهُ، وَعَلَانِيَتَهُ وَسِرَّهُ»
[رواه مسلم]
ނަބިއްޔާ صلى الله عليه وسلم ސަޖިދާގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
"اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ ، وَأَوَّلَهُ وَآخِرَهُ، وَعَلَانِيَتَهُ وَسِرَّهُ"
މާނައީ: " އޭ ﷲ! މިއަޅާގެ ހުރިހާ ފާފަތައް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތިފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާވެގެންވާ ފާފައެވެ."
"ރިވާކުރެއްވީ މުސްލިމު رحمه الله"
والله أعلم.
މަސްދަރު: ދިސަލަފިއްޔާ
ނޯޓް: ބަޔާންކުރެވިފައިވާ ޛިކުރުތައް ކިޔާނީ ޢަރަބި ބަހުންނެވެ. އެހެނީ އެއީ ޝަރުއުގައި (ދީނުގައި) އެ ލަފްޒުތައް އެގޮތަށް ޢަރަބި ބަހުން އައިސްފައިވާތީއެވެ. އެންމެ މަދުން އެއްފަހަރު ކިޔަންވާނެއެވެ. ގިނަމިނުން ތިން ފަހަރަށްވުރެ އިތުރަށްވެސް ކިޔިދާނެއެވެ. އެންމެ ފުރިހަމަ ގޮތަކީ 10 ފަހަރު ކިޔުމެވެ. އެއާއި ޖެހިގެން ފުރިހަމަ ގޮތަކީ 3 ފަހަރު ކިޔުމެވެ. މަތީގައި ބަޔާންކުރެވިފައިވާ ދުޢާތަކުގެ ތެރެއިން ކޮންމެ ދުޢާއެއް ކުރިޔަސް ފުދޭނެއެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސަޖިދައިގައި ކިޔުމަށް ވާރިދުވެފައިވާ އެހެން ދުޢާއެއްވެސް ސަޖިދައިގައި ކުރެވިދާނެއެވެ. އެއަށްފަހު ޢަރަބި ބަސް ނުދަންނަ މީހާއަށް ޢަރަބިބަސް ނޫން ބަހަކުންވެސް ބޭނުން ދުޢާއެއް (ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކަށް އެދި) ކުރެވިދާނެއެވެ. އެއީ ފަރުޝު ނަމާދު އަދި ސުންނަތް ނަމާދު ކަމުގައިވީނަމަވެސް މެއެވެ. އެހެނީ ޞަޙީޙު މުސްލިމުގައި މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ»
މާނައީ:
"އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވެގެންވާ ވަގުތަކީ ސަޖިދާގައިވާ ވަޤުތެވެ. ފަހެ އެވަޤުތު (ސަޖިދާގައިވާ ވަޤުތު) ދުޢާކުރުން ގިނަ ކުރާށެވެ."
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –