ފާމަސީއަކަށް ގޮސް ނިކަން ސުވާލުކޮށްބަލާށެވެ! އަގަށް ބަލާނުލައި އެންމެ ގިނައިން ގަންނަ ބޭހެއްކަމަށް ބުނާނީ އެއްދާން ކުރަން ބޭނުންކުރާ ބޭސްތަކުގެ ވާހަކައެވެ. އަގުބޮޑުވެގެން ޝަކުވާއެއް ނުކުރާނެއެވެ. ފެންވަރުދަށް ބޭހެއް މޮޅު ބޭހެއްގެ ގޮތުގަ ބޮޑު އަގުގަ ވިއްކިޔަސް ތިބޭނީ ގަންނަން ކިޔޫގައެވެ. އެންމެ ފަހުގެ އެންމެ މޮޅު އުފެއްދުމަކީ ތިއައީ ކަމަށް ބުނާއިރަށް ގުޅައަކަށް 100 ޑޮލަރު ދީފަ ގަންނާކަށްވެސް ޖެހިލުމެއް ނުވާނެއެވެ.
ދެންވާގޮތަކީ އެބޭސް މިބޭސްކަމުން ގެންދާތާ، އެންމެ މޮޅުބޭސްކަމުން ގެންދާތާ ނަމަވެސް ދުވަސްކޮޅެއްވާއިރަށް އަތާތަންތަން ތުރުތުރުއަޅަން ފަށަނީއެވެ. ލޮލުގެ ފެނުމަށް ބަދަލު އަންނަން ފަށައެވެ. މިހެން ގޮސް އެތައް ބައިވަރު ކަންތައްތަކެއް ކުރިމަތިވެއެވެ. ބައެއް މީހުންނަށް ހިތުގެ މައްސލަތައް ކުރިމަތިވާއިރު އަނެއް ބައަކަށް ސްޓްރޯކްވެސް ޖެހެއެވެ.
މިވީ ކިހިނަކުން ހެއްޔެވެ؟ މިވީގޮތަކީ ޞިއްޙަތަށް ގެއްލުންހުރި އަދި އެހައިމެ ބާރުގަދަ މާއްދާތައް އެކުލެވޭ ބޭސްތައް ކާންފެށުމުން ހަށިގަނޑުގެ ނާރުތަކުގެ ބާރު ދަށްވަމުންގޮސް މީހާގެ މުޅި ޞިއްޙަތު ފޭލްވަނީއެވެ. މީހާގެ ދުވަސްދަނީއެވެ. މިފަދަ ޙާލަތަށް ދިއަ މީހަކަށް އޮންނަނީ ކިތަންމެ ފަރުވާއެއް ކުރިނަމަވެސް އަރައި ނުގަނެވިފައެވެ.
ބުނަން ހެއްޔެވެ؟ ތިމާގެ ކިބައިގައި ބާރުހުންނަން ބޭނުންވާނަމަ ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި ކައިބޮއި ހަދާށެވެ! ކަސްރަތުކުރާށެވެ. ވަރުގަދަކުރަންޖެހޭނީ ވަކި ގުނަވަނެއްގެ ހަކަތައެއް ނޫނެވެ. މުޅިހަށިގަނޑުގެ ހަކަތައެވެ.
ހަމައެއާއެކު އެކަކާއި (އަނބިމީހާ/ ފިރިމިހާއާ އެކަނި) ގުޅުން ހިންގާށެވެ! ތަފާތު މީހުންނާއިއެކު ގުޅުން ހިންގުމަކީ ހަށިގަނޑުގެ ބެލެންސް ގެއްލޭ ކަމެކެވެ. ބެލެންސް ކޮންޓްރޯލުން ނެއްޓިގެންދާ ކަމެކެވެ. ގިނަ މީހުންނަށް ކުރިމަތިވަނީ އެމައްސަލައެވެ. ސިކުނޑިއަށް ގުނަވަނުގެ ކޮންޓްރޯލްގެއްލެނީއެވެ. އެއިރުން މަތިމައްޗަށް ބޭސްކެޔަސް މާބޮޑު ފައިދާއެއް ނުކުރާނެއެވެ.
ދެން ބުނެލަން ބޭނުންވަނީ ވުޟޫކުރުމުގެ ވާހަކައެވެ. ރަނގަޅީ ދެމީހުންވެސް ގައިދޮވެލައި ވުޟޫކުރުމެވެ. ދެން ފުރަތަމަ ފަހަރުން ހިތްހަމަނުޖެހި އިތުރަށް ބޭނުންވާނަމަ ހިނައި ނުގަތަސް ވުޟޫކޮށްގެން އެއްދާންކުރާށެވެ! މިއީ ސުންނަތުން ފެންނަންހުރި ކަންކަމެވެ.
ދެމަފިރިން އެއްދާންކުރުމަކީ އަޅުކަމެކެވެ. ވީމާ މިދައްކަނީ އަޅުކަމުން ބޭރުވާހަކައެއް ނޫނެވެ. އަޅުކަމެއް ކުރުމުގެ ވާހަކައެވެ. ހަމަ އެއާއިއެކު މިފަދަ ވާހަކަތައް ނުދައްކައި މިކަމުގެ ތެރެއިން ޞިއްޙީ ކާރިސާތައް ކުރިމަތިވާ (ކުރިން ބަޔާންކުރި ފަދަ ކަންކަން) މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ނެތެވެ. ވީމާ މިއީ ލަދުވެތިވާހަކައަކަށް ހަދައި ނުދައްކައި ތިބެވޭކަށް ނެތެވެ.
- ޑރ. ޔޫނުސް ޚާންގެ ދަރުސަކުން
ގުޅުން ލިޔުމެއް! (އިސްލާމް ކިޔޫއޭ އިން):