ހަނދުމަކޮށްދިނުމެއް!: މިސްކިތަށް އަރަމުންނާ ފައިބަމުން ކުރަން އޮތް ދުޢާ- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ހަނދުމަކޮށްދިނުމެއް!: މިސްކިތަށް އަރަމުންނާ ފައިބަމުން ކުރަން އޮތް ދުޢާ- ޙަދީޘުން

މިސްކިތަށް ވަންނައިރާއި މިސްކިތުން ނިކުންނައިރު ޛިކުރުކުރުމަކީ މިއަދު ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލުވަމުން އަންނަ ކަމެކެވެ. ޙަދީޘްފުޅުގައި އޮތީ އޮތީ ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވެވުން އެދި ދުޢާކުރަމުން މިސްކިތަށް އެރުމަށެވެ! ވީމާ ކުރާ ނަމާދާއި އަޅުކަން ޤަބޫލުފުޅު ކުރައްވަވައިދެއްވަވައި ރަޙްމަތްލެއްވެވުން އެދި ދުޢާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ނަބިއްޔާ ޙަދީޘްކުރެއްވެވިއެވެ. 

"إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلْيَقُلْ: اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ، فَلْيَقُلْ: اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ» "

رواه مسلم] 

މާނައީ:

"ތިއަބައިމީހުންކުރެ މީހަކު މިސްކިތަށް ވަންނަހިނދު މިފަދައިން ކިޔާށެވެ!" 

"اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ" 

މާނައީ:

"އޭ ﷲ! އިބައިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުއްވައިދެއްވާނދޭވެ!"  

އަދި ތިއަބައިމީހުންކުރެ މީހަކު މިސްކިތުން ނިކުންނަހިނދު މިފަދައިން ކިޔާށެވެ. 

"اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ" 

މާނައީ:

"އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ފަޟްލަވަންތަވެރިކަމުން ދެއްވުމަށްއެދި ދަންނަވަމެވެ."

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله] 

الأذكار والآدابޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه 

ޙަދީޘް ޢާއި މާނަ: ދިސަލަފިއްޔާ

 

މިއަދު އޮންލައިން