ރުޤްޔާކުރަން އެނގޭނަމަ މަދުބައަކަށް ނަމަވެސް ހިލޭސާބަހަށްވެސް ކޮށްދޭށެވެ! އެއީ ދެދުނިޔޭގަވެސް ފައިދާކުރާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރުޤްޔާކުރަން އެނގޭނަމަ މަދުބައަކަށް ނަމަވެސް ހިލޭސާބަހަށްވެސް ކޮށްދޭށެވެ! އެއީ ދެދުނިޔޭގަވެސް ފައިދާކުރާނެ ކަމެއް! އިން ޝާ ﷲ

މީހަކަށް ރުޤްޔާކޮށްދިނުމަކީ އަތުން އެއްވެސް ޚަރަދެއް ކުރަންޖެހޭނެ ކަމެއް ނޫނެވެ. ހޭދަކުރަންޖެހޭނީ ވަޤުތުކޮޅެކެވެ. އެހެންވީމާ މިގޮތަށް ވިސްނައިލާށެވެ!

މީހަކަށް ޖެހިފައިވާ ދަތިއުނދަގޫކަމަކުން ނުވަތަ މުޞީބާތަކުން ސަލާމަތްކުރަން މަސައްކަތްކުރުމަކީ އެންމެ ފައިދާހުރި އަޅުކަމެވެ. އެހެނީ އެހެން މީހަކަށް އެހީތެރިވުމުގައި މީހާ ވާހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. މީހަކަށް ކުރިމަތިވެފައިވާ މުޞީބާތަކުން އެމީހަކު ސަލާމަތްކޮށްދީފިނަމަ (މާތް ﷲ ވާގިފުޅާއިއެކު) އެމީހަކީ ދުނިޔޭގެ އެންމެން މުޞީބާތަކުން ސަލާމަތްކޮށްދިން މީހަކު ފަދައެވެ.

ރުޤްޔާކުރަން އަގު ނުކިޔާށެވެ. އެއްޗެއް ނުވަތަ ހަދިޔާއެއް ދީފިނަމަ ހިފުމަކީ އެންމެ ރަނގަޅުކަމެކެވެ. އެއީ ހުއްދަ ކަމެކެވެ. ރަސޫލް ﷺ ގެ ސިޔަރަތަށް ބަލާށެވެ. ޞަޙާބީން އެމީހާއަށް ރުޤްޔާކޮށްދެއްވީ އަގަކަށް ނޫނެވެ. ނަމަވެސް އެމީހާ ދިން ހަދިޔާގައި ހިއްޕެވިއެވެ. އަދި އެކަން އެނގިވަޑައިގެން ހުންނަވައިމެ ރަސޫލް ﷺ އެ ހަދިޔާއިން ބައެއްގެ ބޭނުންފުޅުވެސް ކުރެއްވެވިއެވެ.

ވިސްނައިލާށެވެ! ކޮންމެ ކަމަކަށްވިޔަސް ޙައްލު ލިބޭނީވެސް އަދި ކަމެއް ކާމިޔާބުވާނީވެސް އަދި ބައްޔަކުން ޝިފާލިބޭނީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. އެކަމަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ.

މީހަކަށް ހެޔޮ އެދިގެން ކަމެއްކޮށްދިނުމުގެ ނިޔަތުގައިވެސް އެއްވެސް މިންވަރަކަށް ސިޙުރުހަދަން ދަސްނުކުރާށެވެ. ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވާން ބޭނުންނަމަ ރުޤްޔާކުރަން ދަސްކޮށް ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވެދޭށެވެ.

އަހުރެންގެ އިލްތިމާސަކީ އެމީހަކަށް ﷲ ތަޢާލާ ޢިލްމް ދެއްވެވުމުން އެންމެ ފައިދާހުރި ގޮތުގައި އެއިގެ ބޭނުންކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން