ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ފުރިހަހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން ކަމާއިބެހޭ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި އެކްސްޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތިރީގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ ދަންނަވާފައި.ކަމަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުން:
1. ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް 2. ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުން.
3. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުން. ·
4. އަދި، ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން.
ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެކެވެ. ދަރިވަރުންނަށް ލޯނުދެމުން އަންނަތާ އެތައް އަހރެއް ފާއިތުވިއިރުވެސް އެއްވެސް ވެރިއަކު މިފަދަ ހެޔޮ ބަދަލެއް ގެނެސްދެއްވާފައެއް ނުވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިގެންނެވި ބަދަލުގެ ސަބަބުން ލޯނަށް ދައްކަންޖެހޭ ޢަދަދު ކުޑަވެގެންދާނެއެވެ. އެއަށްވުރެވެސް މުހިންމު ކަމަކީ ދަރިވަރުން ރިބާގެ ފާފައިން ސަލާމަތްކޮށްދެއްވެވި ކަމެވެ.
ރައްޔިތުންގެ ގިނަ ބައެއްގެ ޒަރޫރީ ބޭނުންތައް ފުއްދަން ރިބާ ހިމެނޭ ގިނަ ޢަދަދެއްގެ ލޯނުތައް ނަގާފައިވާއިރު ރިބާގެ ބޮޑުފާފައިން ރައްޔިތުން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅު ރައީސް ޑރ. މުޢިއްޒުގެ އެބަހުރިކަން މިކަމުން އެނގިގެން ހިނގައްޖެކަން ފާހަގަކުރެވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ތިރީގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ ދަންނަވާފައި.
— Dr Mohamed Muizzu (@MMuizzu) March 27, 2025
ރާއްޖެއާއި…