ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށްދާނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރު ފަހު 14:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 21:30 އިން 23:00 އަށެވެ.
ހޮނިހިރު ދުވަހު ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ތިން ދަންފަޅިއަކަށެވެ. އެގޮތުން ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން 15:00 އަށް އަދި ހަވީރު 16:00 އިން 17:00 އަށް ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މާލޭގައި ގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތްވެސް ކުރިއަށްދާނީ އިސްކަންދަރު ސްކޫލްގައި ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.