އެމީހަކު ފުރިހަމަކުރަންޖެހޭ ޝަރުޠު ފުރިހަމަކުރުމަށްފަހު އެމީހަކު އުންމީދުކުރާ ގޮތަކަށް އެމީހަކާއެކު ﷲ ތަޢާލާ ވޮޑިގެންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
އެމީހަކު ފުރިހަމަކުރަންޖެހޭ ޝަރުޠު ފުރިހަމަކުރުމަށްފަހު އެމީހަކު އުންމީދުކުރާ ގޮތަކަށް އެމީހަކާއެކު ﷲ ތަޢާލާ ވޮޑިގެންވޭ!

އަހުރެމެން އެދޭ ކަންކަން ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވަތެވެ. އިތުރަށްވެސް މިންވަރު ކުރައްވަވަތެވެ. ނަމަވެސް އެއީ ވަކިމީހަކު ކަމުގައި ވެގެނެއް ނޫނެވެ. މިޘާލަކަށް މީހަކު ސުވަރުގެ ވައްދަވާނީ އޭނާއަކީ މިވެނި މީހެއްގެ ދަރި މިވެނި މީހެއްކަމަށް ވެގެނެއް ނޫނެވެ. އަދި މިވެނި މީހެއްގެ މައިންބަފައިން ކަމަށް ވެގެނެއްވެސް ނޫނެވެ. އެމީހަކު ސުވަރުގެ ލިބިގަންނަން މަސައްކަތްކުރީތީއެވެ. 

އެހެން ނޫންނަމަ ﷲ ގެ ޚަލީލް އިބްރާހީމްގެފާނުގެ ބައްޕާފުޅަށް ސުވަރުގެ ލިބިވަޑައިގަތީސް ނޫންހެއްޔެވެ؟ ﷲ ތަޢާލާ އެންމެ މާތްކުރެއްވެވި އިންސާނާ، އަހުރެމެންގެ ލޮބުވެތިނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވަރަށް ދުޢާކުރެއްވެވުމުން ބޮޑުބޭބޭފުޅު އަބޫޠާލިބްގެފާނަށް ސުވަރުގެ ލިބިވަޑައިގަތީސް ނޫން ހެއްޔެވެ؟ 

ވިސްނައިގެން އަޑުއަހާށެވެ!

ﷲ ތަޢާލާ އާއިމެދުގައި ވަކިގޮތަކަށް އުންމީދުކުރުމަކީ ބޮޑެތި ޢިލްމުވެރިންނަށް ނުވަތަ ތަނަވަސްކަން ލިބިގެންވާ މީހުންނަށް އެކަނި ކުރެވެން އޮތްކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ކޮންމެ އަޅަކަށްވެސް ކުރެވެން އޮތް ކަމެކެވެ. 

އޮތީ އެންމެ ޝަރުޠެކެވެ. ތިމާ އުންމީދުކުރާ ގޮތާއި ތިމާކުރާ ޢަމަލުތަކާއި ދިމާކުރުމެވެ. މާނައަކީ ތިމާ ދެކެ ﷲ ތަޢާލާ ރުހިވޮޑިގެންވާ ކަމަށް އުންމީދުކުރަންވާނީ ﷲ ތަޢާލާ ތިމާ އާއިމެދު ރުހިވޮޑިގަންނަވާނެ ގޮތަށް ޢަމަލުތައް ސީދާކޮށްގެން ހުރެއެވެ. ކިޔަމަންތެރިކަން އަދާކުރަމުންނެވެ. ފާފަތަކާއި ދުރުހެލިވެ، އަޅުކަންކުރުން ގިނަކުރަމުންނެވެ. 

އެކަން ބަޔާން ކުރައްވަމުން ވަރަށް ގިނައިން ޢިލްމްވެރިން ޖައްސަވާ މިޘާލެއް އޮވެއެވެ. އެއީ ފިލާވަޅުތައް ދަސްނުކުރާ ކުއްޖަކު އެންމެ މަތިން ފާސްވާނެކަމަށް އުންމީދުކުރިއްޔާ އެކަން ޙާޞިލްކުރެވޭނެ ހެއްޔެވެ؟ އެއީ ހަމަ ވަރަށް ފުރިހަމަ މިޘާލެކެވެ. 

Al-Bukhari (7405) and Muslim (2675) narrated that Abu Hurayrah (may Allah be pleased with him) said: The Prophet (blessings and peace of Allah be upon him) said: “Allah, may He be exalted, says: I am as My slave thinks I am.” 

އަދިވެސް އައިސްފައިވެއެވެ. 

Wathilah said: Be of good cheer, for I heard the Messenger of Allah (blessings and peace of Allah be upon him) say: “Allah, may He be glorified and exalted, says: I am as My slave thinks I am, so let him thin k of Me whatever he wishes.”

narrated by Imam Ahmad (16016) and others,   

ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކުކަމުގައިވުމަށެވެ! ތިމާ އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައިދެއްވަވާނެ ކަމަށާއި ނަރަކައިން މިންޖުކުރައްވަވައި ސުވަރުގެ ވައްދަވާނެ ކަމަށް އުންމީދުކުރަންވީ އެކަމަށް އެދިގެން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.

 

- އިސްލާމީ ތިލަފތުގެ ދަރުސަކުން

 

މިއަދު އޮންލައިން