އިޚްލާޞްތެރިކަމާއިއެކު ކޮށްފިނަމަ ވަރަށް އާދައާ ޚިލާފް ހިތްހަމަޖެހުމެއް ލިބޭނެ 2 ނަމާދު-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިޚްލާޞްތެރިކަމާއިއެކު ކޮށްފިނަމަ ވަރަށް އާދައާ ޚިލާފް ހިތްހަމަޖެހުމެއް ލިބޭނެ 2 ނަމާދު-: ބިލާލް އައްސަދު

އިޚްލާޞްތެރިކަމާއިއެކު ކޮށްފިނަމަ ވަރަށް އާދައާ ޚިލާފް ހިތްހަމަޖެހުމެއް ލިބޭނެ 2 ނަމާދެއްގެ ވާހަކަ ބުނެލާނަމެވެ.  

ފުރަތަމަ ނަމާދަކީ ހިތްދަތިކަމެއް ލިބުމުން ނުވަތަ ހާސްވެ ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވުމުން އަވަސްއަވަހަށް ގޮސް ކުރާ ނަމާދެކެވެ. އިޚްލާޞްތެރިކަމާއިއެކު ކޮށްފިނަމަ ކުރިން މިބުނި ފަދައިން ވަރަށް ޢާދައާއި ޚިލާފް ހިތްހަމަޖެހުމެއް ލިބޭނެއެވެ.  

ދެވަނަ ނަމާދަކީ އުފާވެރިކަމެއް ލިބުމުން އެކަން ފާހަގަކުރަން އެއްވެސް ކަމެއް ނުކޮށްހުރެ، ނުވަތަ އެއްވެސް ކަމެއް ކުރުމުގެ ކުރިން ކުރާ ނަމާދެވެ. މިޙާލަތުގައިވެސް ހަމަ ކުރިން މިބުނި ފަދައިން ވަރަށް ޢާދައާއި ޚިލާފް ހިތްހަމަޖެހުމެއް ލިބޭނެއެވެ. 

އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ސަބަބަކީ މިބުނި 2 ޙާލަތުގައި ނަމާދުކުރަން އަވަސްވެގަނެވޭނީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަރަށް ލޯބިވާ މީހުންނަށެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކޮށްގެން ތިބޭ މީހުންނަށެވެ.  

އެފަދަ މީހުން، އެވަޤުތުތަކުގައި ނަމާދުކުރުމުން ﷲ ތަޢާލާ އެމީހުންގެ ހިތްތައް ޠޯހިރުކޮށްދެއްވަވާނެތެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. އަދި ތަޤްވާވެރިކަންވެސް އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން  

 

މިއަދު އޮންލައިން