ޙަޔާތުގެ ބައިވެރިއަކު ހޯދާއިރު ވިސްނާށެވެ! الله ތަޢާލާގެ ޙަޟްރަތުގަ ތިޔަބައިމީހުންގެ ދަރަޖައަކީ ތިޔަބައިމީހުންގެ ޑިގްރީއާއި ގުޅިފައިވާ ކަމެއް ނޫން!: ޑރ ޔާސިރް ޤާޟީ

ކިޔުމަށް ހޭދަވާނީ 2މ 11ސ
ޙަޔާތުގެ ބައިވެރިއަކު ހޯދާއިރު ވިސްނާށެވެ! الله ތަޢާލާގެ ޙަޟްރަތުގަ ތިޔަބައިމީހުންގެ ދަރަޖައަކީ ތިޔަބައިމީހުންގެ ޑިގްރީއާއި ގުޅިފައިވާ ކަމެއް ނޫން!: ޑރ ޔާސިރް ޤާޟީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ނުވަތަ މީހަކާ ކައިވެނި ކުރުމަށް ބަލާއިރު އެމީހެއްގެ ދުނިޔެވީ ކަންކަމަށް ނުބަލާށެވެ. އެފަދަ ކަންކަން ދުވަސްކޮޅަކުން ގެއްލިގެން ހިނގައިދާނެއެވެ. އަޚްލާޤް އަދި ދީންވެރިކަމަށް ބަލާށެވެ. އެ ދެ ކަމަކީ އެހެން ހުރިހާ ކަމަކަށްވުރެ ވެސް މުހިއްމު ދެ ކަމެވެ.

ސަބަބަކީ އެދެކަމަކީ ދިރިއުޅުން ބިނާވެގެން އަންނަ ދެކަމެވެ. ދިރިއުޅުން ދެމިގެންދާނީ މުއްސަނދިކަމަކަށް ނޫނެވެ. ދިރިއުޅުން ބިނާވެގެން އަންނަނީ ރީތިކަމަކަށް ނޫނެވެ. ދިރިއުޅުން ބިނާވެގެން އަންނަނީ ދުނިޔެވީ ކަންކަމަކަށް ނޫނެވެ.  

ދުނިޔެވީ ކަންކަމަށް ކައިވެނި ކޮށްގެން އުޅެނީ ކިތައް މީހުން ހެއްޔެވެ. ނަމަވެސް މިހާރު އެމީހުން އެމީހުންގެ ޙަޔާތް ވޭތުކުރަމުން ދަނީ ވަރަށް ހިތާމައާއެކުގައެވެ. ނުވަތަ ވަރިއެވެ.

ދީންވެރިކަމާއި އަޚްލާޤަށް ބަލައިގެން ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރީ ކިތައް މީހުން ހެއްޔެވެ. الحمدلله 

ދެކަންތަކެވެ. 

ސަބަބަކީ މީހެއްގެ އަޚްލާޤް ހުރި ކަމުގައިވިޔަސް ދީންވެރިކަން ކުޑަވެދާނެއެވެ.

އެހެންކަމުން އަޅުގަނޑުމެން އިޚްތިޔާރުކުރަން ޖެހޭނީ އަޚްލާޤްވެސް އަދި ދީންވެރިކަން ވެސް ރަނގަޅަށް ހުންނަ މީހުންނެވެ. އެދެކަންތައް ރަނގަޅުވެއްޖެނަމަ ބާކީ ހުރި ކަންތައްތައް ރަނގަޅުވާނެއެވެ.  

މީގެ އިތުރުން އަންހެނެއްގެ ކިބައިން ފިރިހެނަކު އެދޭ ކަމަކީ އޭނާގެ ޑިގްރީއެއް ނުވަތަ ތައުލީމެއް ނޫނެވެ. 

އަޅުގަނޑު މި ދަންނަވަނީ ތަޢުލީމު ޙާޞިލު ނުކުރާށޭއެއް ނޫނެވެ. އަޅުގަނޑު ބުނާ ބަހުގެ މާނަ އޮޅުވާނުލައްޗެވެ. 

ފިރިހެނަކު ކައިވެނި ކުރުމަށް އަންހެނެއްގެ ކިބައިން ބޭނުންވާ ކަމަކީ އޭނާގެ ކޮމްޕެނީއަށް މުއައްޒަފެއް ނޫނެވެ. އޭނާގެ ވިޔަފާރީގައި ބައިވެރިއެއް ހޯދުމެއްވެސް ނޫނެވެ.

އޭނާ ބޭނުންވަނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރާނެ މަންމައެކެވެ. ޙަޔާތު ރަނގަޅު ގޮތުގައި ވޭތުކުރާނެ ބައިވެރިއެކެވެ. 

އަޅުގަނޑު މި ދަންނަވަނީ ތަޢުލީމު ޙާޞިލު ނުކުރާށޭއެއް ނޫނެވެ. އަޅުގަނޑު ބުނާ ބަހުގެ މާނަ އޮޅުވާނުލައްޗެވެ. ތިޔަބައިމީހުން ތަޢުލީމު ޙާޞިލުކުރަންޖެހޭނެއެވެ. އެކަން ކުރުމަކުން މައްސަލައެއްނެތެވެ. ތިބާ އަތުގައި ޑިގްރީއެއް އޮންނަންވާނެއެވެ.

الله ތަޢާލާ އަޅުގަނޑަށް ފިރިހެން ދަރިންނާއި އަންހެން ދަރީން ދެއްވިއެވެ. އެ އެންމެން ވެސް މިހާރު އަންނަނީ މަތީ ފެންވަރުގެ ޑިގްރީތައް ހޯދަމުންނެވެ. އެ އެންމެން ވެސް ދަނީ ތައުލީމު ހާސިލްކުރަމުންނެވެ. 

ނަމަވެސް އަޅުގަނޑު މި ދަންނަވަނީ، ތިޔަބޭފުޅުން ވިސްނަންޖެހޭނެއެވެ. الله ތަޢާލާގެ ޙަޟްރަތުގައި ތިޔަބައިމީހުންގެ ދަރަޖައަކީ ތިޔަބައިމީހުންގެ ޑިގްރީއާއި ގުޅިފައިވާ ކަމެއް ނޫންކަމެވެ. 

ހަޔާތުގައި އެންމެ މުހިންމު ނިންމުމަކީ ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުމެވެ.

 

 

 

މިއަދު އޮންލައިން