ތިބާއަކީ ކާމިޔާބު މުސްލިމަކަށްވުމަށް އެދޭނަމަ 4 ކަމެއް މަދުކޮށް އެއް ކަންތައް ގިނަކުރަންޖެހޭ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިބާއަކީ ކާމިޔާބު މުސްލިމަކަށްވުމަށް އެދޭނަމަ 4 ކަމެއް މަދުކޮށް އެއް ކަންތައް ގިނަކުރަންޖެހޭ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ކާމިޔާބު މުސްލިމަކަށްވުމަށްޓަކައި 4 ކަމެއްކުރުން މަދުކޮށް އެއްކަމެއް ކުރުން ގިނަކުރަންޖެހެއެވެ. އެކަންކަން އިބްން އަލްޤައްޔިމް ރަޙިމަހުﷲ ވަނީ ވަރަށް ރީތިގޮތަކަށް ބަޔާންކުރައްވަވައިފައެވެ.  

މަދުކުރަންޖެހޭ 4 ކަމަކީ ބޭކާރު ވާހަކަ ދެއްކުމާއި، (ބޭނުންވާ ވަރަށްވުރެ ގިނައިން) ނިދުމާއި، (ބޭނުންވާ ވަރަށްވުރެ ގިނައިން) ކެއުމާއި، (ބޭކާރު ގޮތުގައި) މީހުންނާއި ބައްދަލުކުރުމެވެ.  

ގިނަކުރަންޖެހޭ ކަމަކީ ޛިކުރުކުރުމެވެ.  

ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ޛިކުރުކުރުމަކީ ހިތް ޠޯހިރުކުރަން އޮތް ވަސީލަތެވެ. ވީމާ ޛިކުރުކުރުން ގިނަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.  

ޛިކުރުކުރުމަށް ބަލައިފިނަމަ ދެއިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމުގެ އިތުރުން ޤުރްއާން ކިޔުމާއި ހިތުދަސްކުރުމާއި މާނަ ދަސްކުރުން ހިމެނިގެންވަނީ ޛުކުރުކުރުމުގެ ތެރެއިންނެވެ. އެކަނި ހުރެ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާއަށް ތަޢްރީފްގެ ބަސްތައް ބުނުމާއި ޝުކުރުވެރިވުމުގެ ބަސްތައް ބުނުމަކީވެސް ހަމަ ޛިކުރުކުރުމުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ.  

ޛިކުރުކުރުމުން ލިބޭ ފައިދާތަކަށް ބަލައިފިނަމަ މީހާއަށް ހަމަޖެހުން ލިބުމާއި ޝަކުވާކުރުން މަދުވުންވެސް ހިމެނިގެންވެއެވެ. މިޘާލަކަށް ތިބޭ ބޭނުންވާއެއް ލިބުނަސް އަލްޙަމްދުލިﷲ އެވެ. ނުލިބުނަސް ހަމަ އަލްޙަމްދުލިﷲ އެވެ. 

ނިޢްމަތްތައް ﷲ ތަޢާލާ ގިންކޮށް ދެއްވަވާވަރަކަށް ޛިކުރުކުރުން ގިނަކޮށް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވާން މަސައްކަތްކުރަންވާނެއެވެ. ސުންނަތް ނަމާދުތައް ގިނަކޮށް ނަމާދުތައް ދިގުކުރަންވާނެއެވެ. ރޭއަޅުކަމަސް ދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ.  

ހިތާމައަކީ މިކަންކަމަށް ދެވޭ ސަމާލުކަން ކުޑަވާކަމެވެ.

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން