ޙަދީޘްފުޅުތައް ކިޔައި އަހުލުވެރިވުމުން ކުރާނެ ބައެއް ފައިދާތަކާއި ނަބިއްޔާ ޞޢޥ އަށް ލޯބި އިތުރުކުރުމަށް ކުރެވިދާނެ ފަސް ކަމެއް!

ކިޔުމަށް ހޭދަވާނީ 2މ 9ސ
ޙަދީޘްފުޅުތައް ކިޔައި އަހުލުވެރިވުމުން ކުރާނެ ބައެއް ފައިދާތަކާއި ނަބިއްޔާ ޞޢޥ އަށް ލޯބި އިތުރުކުރުމަށް ކުރެވިދާނެ ފަސް ކަމެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ލޯބި އިތުރުކުރުމަށް ކުރެވިދާނެ ފަސް ކަމެއް މިތާނގައި ބަޔާންކޮށްލާނަމެވެ. މިކަންކަމުގެ ތެރެއިން އެނގިލައްވާނެ އެންމެ މުހިންމު އެއް ކަމަކީ ޙަދީޘްފުޅުތަކުގެ މުހިންމުކަމާއި އުނގެނުމުން ކުރާނެ ފައިދާއެވެ. 

އެންމެ ފުރަތަމަ ކަމަކަށް ކުރީން ބުނެވިދިޔަ ފަދައިން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތް ކިޔެވުމެވެ. 

ދެވަނަ ކަމަކަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތައް ދަސްކުރުމެވެ.

އެގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތައް ދަސްކުރުމާއި ރަސޫލާ ގ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަޔާތްޕުޅާއި މެދު ދަސްކުރުމާއި އެގޮތައް ޢަމަލް ބެހެއްޓުމެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތައް ދަސްކުރާށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޞަޙީޙް ޙަދީޘްފުޅުތަކަކީ މީހުން ހަދާފައިވާ އެއްޗެއް ކަމަށް ބުނާ ވާހަކަތައް އަޑުނާހާށެވެ. އެމީހުން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް މިޤުރްއާން އަކީ ޛިކްރެއް ކަމުގައި އަންގަވާފައިވާ ވާހަކަ ހަނދާންކުރާށެވެ. އަދި ރަސޫލާގެ ފަރާތުން އަޅުގަނޑުމެންނަށް އައި ފޮތަކީ ކީރިތި ޤުރްއާނެވެ. 

ރަސޫލާގެ ޙަދީޘްފުޅުތައް ދަސްކުރުމުގެ ސަބަބުން ކީރިތި ޤުރްއާނުގައިވާ އާޔަތްތަކުގެ ތަފްސީރުވެސް ލިބިގެންދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޢަމަލްފުޅުތައް ބަހައްޓަވަނީ ކީރިތި ޤުރްއާނުގައިވާ ގޮތަށެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުން ބަލައިފިނަމަ އަޅުގަނޑުމެންނަށް އެކަން ފަހުމްވެގެންދާނެއެވެ. އެހެންކަމުން ބުޚާރީ އަދި މުސްލިމް ފަދަ ފޮތްތަކުން ޙަދީޘްފުޅުތައް ދަސްކުރުމަކީ ރަސޫލާ އަށް އޮތް ލޯބި ދައްކުވައިދޭ ކަމެކެވެ. އަދި ރަސޫލާގެ ސީރަތު ކިޔުމަކީ ވެސް އެކަލޭގެފާނަށް އޮތް ލޯބި ދައްކުވައިދޭ ކަމެކެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ލޯބި އިތުރުކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ތިންވަނަ ކަމަކީ އެކަލޭގެފާނުގެ ސުންނަތާ އެއްގޮތައް އަޅުގަނޑުމެންގެ ޢަމަލްތައް ބެހެއްޓުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ތިބާ އަށް ވީ އެންމެ ރަނގަޅަކަށް އެކަލޭގެފާނުގެ ސުންނަތައް ޢަމަލްކުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިބާއަށް އެކަލޭގެފާނު މިވެނި ޢަމަލެއް ކުރައްވާ ކަމަށް އަޑުއިވުމުން، ރަސޫލާ ކުރެއްވި ޢަމަލްފުޅުތަކަށް ލޯބި ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ކިތަންމެ ކުޑަ ޢަމަލެއް ކަމުގައިވިޔަސްމެއެވެ. 

ހަތަރުވަނަ ކަމަކަށް ފާފަތަކުން ދުރުހެލިވުމެވެ. އަދި ފަސްވަނަ ކަމަކަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަޞްހާބުބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޢަމަލްފުޅުތައް ބެލުމެވެ.

މިއަދު އޮންލައިން