ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެހެންމީހަކު ސުވަރުގެ ވައްދަން އެހީތެރިވެދެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެހެންމީހަކު ސުވަރުގެ ވައްދަން އެހީތެރިވެދެވޭނެތަ؟

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.   

މިއަދުގެ ސުވާލު:

ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެހެންމީހަކު ސުވަރުގެ ވައްދަން އެހީތެރިވެދެވޭނެތަ؟  

އެހީ:

ނުވެވޭނެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަރިކަނބަލުން ފާޠިމަތުގެފާނަށް ޙަދީޘްފުޅު ކުރެއްވެވީ "ހެޔޮ ޢަމަލުފުޅުތައް ކުރައްވަވައިގެން ސުވަރުގެ ހޯއްދަވަން މަސައްކަތްޕުޅުކުރެއްވެވުމަށެވެ. ޤިޔާމަތް ދުވަހު "ބައްޕައަށް (ތިމަންކަލޭގެފާނަށް) ދަރިކަނބަލުންނަށްވެސް ކޮށްދެއްވެވޭނެ އެއްވެސް ކަމެއް ނެތް" ކަމަށެވެ.  

އެހެންކަމާއިއެކުވެސް ޚަދީޖަތުގެފާނު ދުނިޔޭގައި އިންނެވިހައި ދުވަހަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު ކައިވެނިފުޅެއް ކުރައްވަވާފައެއް ނުވެއެވެ. އެކަމުން ޔަޤީންވެގެންދަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިތްޕުޅުގައި ޚަދީޖަތުގެފާނަށް އޮތް ލޯބީގެ މަތިވެރިކަމުގެ ބޮޑުކަމެވެ.  

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

 

 

 

މިއަދު އޮންލައިން