މިގޮތަށް ދިމާވަނީ މަދަކުން ނޫން! މަރުވެފައިވާ މީހުންނަށް ނުބައިބަސްތައް ބުނަން ހެޔޮ ނުވާނީ މިހެންވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
މިގޮތަށް ދިމާވަނީ މަދަކުން ނޫން! މަރުވެފައިވާ މީހުންނަށް ނުބައިބަސްތައް ބުނަން ހެޔޮ ނުވާނީ މިހެންވެ!

މަރުވެފައިވާ މީހުންނަށް ނުބައި ބަސްބުނާ މީހުން އުޅެއެވެ. އެމީހުންނަށް އެކުރެވެނީ ބޮޑުފާފައެކެވެ. ވީމާ ވިސްނައިލާށެވެ.

އެއްވެސް މީހަކާއިމެދު ނުބައި ގޮތްގޮތަށް ވިސްނާކަށް ނުވާނެއެވެ. އެއީ ދީނުގައި ހުއްދަކަމެއްވެސް ނޫނެވެ. އެހެނީ ކުށްހީކުރުމަކީވެސް ފާފައެކެވެ. މީހަކު ނުބައި ޢަމަލެއް ކުރާކަމަށް ހީކުރެވޭނަމަ ކުރަން އޮތް ކަމަކީ އެމީހަކާއި ސުވާލުކޮށް ކަމުގެ ޙަޤީޤަތް އޮޅުން ފިލުވުމެވެ. އޭނާއަށް ހަމަ ޙަޤީޤަތުގައިވެސް ނުބައި ކަމެއް ކުރެވޭނަމަ އޮތީ އެމީހަކަށް ނަޞޭޙަތްތެރިވުމެވެ. އެކަމަކުން އޭނާ ސަލާމަތްކުރަން އެހީތެރިވުމާއި އެމީހަކަށްޓަކައި ހެޔޮދުއާކުރުމެވެ.

ބޭކަލަކު އަވަހާރަވުމުން އެބޭކަލަކީ ކޮންމެރެއަކު ރާވިއްކާތަނަކަށް ވަދެވަޑައިގަންނަވާ ބޭކަލަކަށްވާތީ އެބޭކަލުގެ ކަށުނަމާދުގައި ބައިވެރިވެވަޑައިގަތުމަށް ބައެއް ބޭކަލުން ދެކޮޅު ހެއްދެވިއެވެ. ނަމަވެސް އަނބިކަނބަލުންނާއި ސުވާލުކުރެއްވުމުން އެބޭކަލުނމްނަށް އެނގިވަޑައިގަތީ އެބޭކަލަކު އެތަނަށް ވަދެވަޑައިގެން އެތަނުގައި ހުންނަ ބަނގުރާތައް ބައްލަވައިގަނެގެން ގެކޮޅަށް ގެންނަވާކަމާއި ގެންނެވުމަށްފަހު އެއިން ތިއްކެއްގެ މިންވަރު ބޭނުންފުޅު ނުކުރައްވައި ނައްތަވައިލައްވާ ކަމެވެ. އުކާލއްވަވާކަމެވެ.

އަދި ވިދާޅުވާ ކަމަށްވެއެވެ. "ހަމަގައިމުވެސް މިކަމުގެ ސަބަބުން މިރޭ މިގަނެގެން ބޯންތިބި މީހުންނަކަށް ނުލިބޭނެއެވެ."

އެޒަމާނަކީ މިހާރުހެން ފެކްތަރީތައް ހަދައިގެން ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ހުސްނުވާވަރަށް ތަކެތި ތައްޔާރުކުރެވުނު ޒަމާނެއް ނޫނެވެ.

އެނގިގެން މިދަނީ އެއްވެސް މީހެއްގެ ޙަޤީޤަތް އެންމެންނަށް ނުއެނގޭނެ ކަމެވެ. އަދި އެމީހަކީ ފާފަކުރެވުނު މީހެއް ނަމަވެސް އެމީހާގެ ފާފަތައް ﷲ ފުއްސަވައި ނުދެއްވަވާ ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެމީހާވަނީ ކިހައިމަތިވެރި ތައުބާއަކުން ތައުބާވެފައިކަން އެނގޭނީ ކާކަށް ހެއްޔެވެ؟

އަހަރެމްނެގެ ތެރެއިން ބައެއް މީހުން އެމީހުންގެ އަޚުން (މުސްލިމް އަޚުން) މަރުވުމުން، ނުވަތަ މަރުވެ ވަޅުލެވުމަށްފަހުގައިވެސް އެމީހުންގެ ނުބައި ވާހަކަތައް ދައްކައެވެ. ނަމަވެސް އެއީ ރަސޫލް ﷺ މަނާކުރައްވަވާފައިވާ ކަމެކެވެ.

Aisha reported: The Prophet, peace and blessings be upon him, said, “Do not abuse the dead, for they have reached what they put forward.” In another narration, the Prophet said, “When your companion dies, leave him alone without speaking badly about him.”

Source: Ṣaḥīḥ al-Bukhārī 1329 Grade: Sahih (authentic) according to Al-Bukhari

ޙަދީޘްފުޅުގައި މިފަދައިން ބަޔާންވެގެންވާއިރު އަހަރެމެންނަށް އޮތީ ޢަމަލުކުރުމެވެ. އޭނާ މިވެނި ފާފައެއް ކުރީ ތިބާގެ ކުރިމަތީގައިކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނާ ތައުބާނުވެ ހުރިކަން އެނގޭނެ މީހަކު ނުހުންނާނެއެވެ.

ޙަދީޘްފުޅުގައި އެވަނީ މަރުވުމުން އޭނާއެވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަމެވެ. (ޖަޒާ ދެއްވެވުން ވަނީ ﷲ ތަޢާލާއަށްކަމެވެ) އަދި މަރުވުފައިވާ މީހުންގެ ނުބައިވާހަކަތައް ނުދެއްކުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން