ވަޤުފު ފަނޑުން ނައިފަރު ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް އެހީވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވަޤުފު ފަނޑުން ނައިފަރު ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް އެހީވުމަށް ނިންމައިފި

ޅ. ނައިފަރު ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް އިސްލާމީ ވަޤުފު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. މިކަން މިއަދު ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ޅ. ނައިފަރުގައި ޤާއިމްކުރާ ހިފްޡު ސެންޓަރަކީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށް ޤާއިމްކުރެވޭ ފުރަތަމަ ހިފްޠު ސެންޓަރެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، "ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ވުޒާރާގައި އެދިފައިވާތީ، އިސްލާމީ ވަޤުފު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ."

މި މަޝްރޫޢުގެ ދަށުން ނައިފަރު ޤުރުއާން ލާނިންގ ސެންޓަރުގެ ވަސީލަތްތައް އިތުރުކޮށް، އިތުރު ދަރިވަރުންނަށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ކުރިންވެސް މި ސެންޓަރުން ވަނީ ގިނަ އަދަދެއްގެ ޙާފިޡުން ބިނާކޮށްފައެވެ.

މިއަދު އޮންލައިން