އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވާތީ، ރާއްޖެ ޓީވީ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވާތީ، ރާއްޖެ ޓީވީ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

ރާއްޖެ ޓީވީގެ "ކާލާބައިސާ" ޕްރޮގްރާމުގައި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވާތީ، އެ ޗެނަލާމެދު ފިޔަވަޅު އެޅުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިނިސްޓްރީން ބުނީ މިއީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ދިމާވެފައިވަނީ މާރިޗު 24 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ޕްރޮގްރާމުގައި ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ބައެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމަކީ ލާޒިމު ކަމެކެވެ.

މިނިސްޓްރީން ވަނީ މިފަދަ ކަންކަން ތަކުރާރުވުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން އާންމުވެގެން ދިއުމުގެ ފުރުސަތު އޮތްކަމެއްކަން ފާހަގަކޮށްފައެވެ.

އަދި މިއީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެ ކަމެއްކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން