ޖަމިއްޔަތު ސަލަފްއާއި ގުޅިގެން ފިޔަވަތީގެ މުވައްޒަފުންނަށް ދީނީ ދަރުހެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ޖަމިއްޔަތު ސަލަފްއާއި ގުޅިގެން ފިޔަވަތީގެ މުވައްޒަފުންނަށް ދީނީ ދަރުހެއް ބާއްވައިފި

ފިޔަވަތީގެ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޖަމިއްޔަތު ސަލަފްއާއި ގުޅިގެން ދީނީ ދަރުހެއް ބާއްވައިފިއެވެ.

މި ދަރުހަކީ ފިޔަވަތީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ދީނީ ދަރުސްތަކުގެ ތެރެއިން ދަރުހެކެވެ. މި ދަރުސް ނަންގަވައިދެއްވީ އައްޝައިޚް ފަޒީލްއެވެ.

މިފަހަރުގެ ދަރުހުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ހަލާލް ރިޒުގުގެ މުހިންމުކަމާއި، އެކަމުގެ މައްޗަށެވެ. މިފަދަ ދަރުސްތަކަކީ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރިވެތި އަޚްލާޤު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ފިޔަވަތިން މިފަދަ ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމަކީ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން