ސުންނަތުގައި އޮތީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ހޭލައި ނުހުރެ އަވަހަށް ނިދަންކަމަށް ބުނެފިނަމަ ތިއަދައްކަނީ މާކުރީ ޒަމާނުގަ މީހުން އުޅުނު ގޮތް ކަމަށާއި މިޒަމާނަށް އެކަން ނުފެތޭކަމަށް ބުނާ ބައަކުވެސް އުޅެއެވެ. އެފަދަ ބަސްތައް އެބުނެވެނީ ކަންކަން އޮޅުންފިލާފައި ހުންނަވރު ކުޑަކަމުންނެވެ.
ކީރިތި ޤުރްޢާނާއި ސުންނަތުގައި އައިސްފައިވާ ކަމަކަށް ޢަމަލުކުރުމުން ފައިދާނުކުރާނެ ޒަމާނެއް ނުއަންނާނެއެވެ. ދުނިޔެ ނިމެންދެންވެސް އެކަންކަމުން ފައިދާކުރާނެއެވެ. މިބަހާއި ދެކޮޅަށް އަދި މިހައި ތަނަށް އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ދެއްކިފައެއް ނެތެވެ. ނުވެސް ދެއްކޭނެއެވެ.
ބޭކާރު ގޮތުގަ ހޭލާ ނުހުރެ އަވަހަށް ނިދަން ބުނީމާ ޒަމާނަށް ނުފެތޭކަމަށް ބުނާ މީހުންނާ ސުވާލުކޮށްލަން ބޭނުންވަނީ ތިބާގެ ޢުމުރު ދިގުވުންވެސް ޒަމާނަށް ނުފެތެނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ނިކަން ޢުމުކުރަން ބޭނުންވެބަލާށެވެ! ހަމަ އެކަކުވެސް އެމީހާގެ ޢުމުރު ކުރުވާކަށް ނުއެދޭނެއެވެ. ބޭނުންވާނީ ވީހާ ގިނަ ދުވަހު ދުނިޔޭގައި ހުރުމަށެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ޢުމުރު ދިގުކުރަން ބޭނުންނަނަމަ އަވަހަށް ނިދަން އިލްތިމާސްކުރަން ފަށައިފިއެވެ. އަވަހަށް ނިދުމުން ލިބޭ ފައިދާ ދެނެގަންނަން ކުރަމުން ގެންދާ ދިރާސާތަކުގެ ބައެއް ނަތީޖާތަކުން އަވަހަށް ނިދުމަކީ ޢުމުރު ދިގުވާ ސަބަބެއްކަމަށް އެނގުމުންނެވެ.
އެއްކަމަކަށް ބުނެފައިވަނީ އަވަހަށް ނިދައި ފުރިހަމަ ގޮތުގައި ނިދި ކިބިގަންނަނަމަ ޢުމުރުން 5 އަހަރު ދިގުވާކަމަށެވެ. ދެން ބުނެފައިވަނީ ހިތުގެ ބަލިތައް ޖެހުން މަދުވެ ލޭމައްޗަށް ދިއުމުގެ ބަލިން ސަލާމަތްވާ ކަމަށެވެ.
މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މެންދުރު އިރުކޮޅަކު އަރާމުކޮށްލުމަކީ (ނިދައިލުމަކީ) މީހާއަށް އިތުރު ހަކަތަ ލިބި ކުރަން ހުންނަ މަސައްކަތްތައް ކުރަން ހަކަތަ ލިބިގެންދާ ކަމެކެވެ.
ދިރާސާތައް ކުރާވަރަކަށް އެނގެމުން މިދަނީ އިސްލާމް ދީނުގައި ބަޔާންވެގެންވަނީ އެންމެ ފުރިހަމަ ގޮތްކަމެވެ. އެއީ ނިދުންކަމުގައިވީނަމަވެސްމެއެވެ. ޙަޑީޘްފުޅުގައި އޮތީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ނުހުރުމެވެ. އަވަހަށް ނިދައި އަވަހަށް ހޭލުމެވެ.
އިންސާނާއަށް ބޭނުންވާ ނިދި ފުރިހަމަވާނީ ނިދަން ޖެހޭ ވަރަށް ނިދައިގެންނެވެ. ވީމާ އޮތީ އަވަހަށް ނިދުމެވެ. ކޮފީތަކުގައާއި ބޭކާރު ކަންކަމުގައި ނުނިދައި ވަޤުތު ހޭދަކުރުމެއް ނެތެވެ.