އަވިގަދަ ދުވަހެއްގައި ލޮލަށް އެޅޭ އަވީގެ ސަބަބުން ނުވަތަ އޮފީސް އިމާރާތުގައި ހުންނަ ލައިޓްތަކުން ލޮލުގައި ރިއްސައި އަދި ބޮލުގައި ރިއްސާނަމަ އެއީ މައިގްރެއިން ޖެހިފައިވާ ކަމުގެ ޢަލާމާތަކަށްވެދާނެއެވެ.
"މައިގްރެއިންގައި އަލި ނާޒުކުކަމާއި ލޮލުގައި ރިހުން ހުރުމަކީ އިންތިހާއަށް އާންމު ކަމެއް،" ޑަލަސްގެ ޔޫޓީ ސައުތުވެސްޓަން މެޑިކަލް ސެންޓަރުގެ ނިއުރޯ އޮފްތަލްމޮލޮޖިސްޓެއް އަދި ޕްރޮފެސަރު އަދި ބޮލުގައި ރިއްސުމުގެ ބޭސްވެރިކަމުގެ ޑިވިޝަންގެ ޗީފް ޑެބޮރާ ފްރީޑްމަން، އެމްޑީ، އެމްޕީއެޗް ވިދާޅުވި އެވެ.
ފޮޓޯފޯބިއާގެ ނަމުން މަޝްހޫރު އަލިކަމުގެ ނާޒުކުކަން މައިގްރެއިންގެ އެހެން ގިނަ އަލާމާތްތަކަށްވުރެ ގިނައިން ފެންނައިރު، އޭގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލުން، އަޑަށް ނާޒުކުވުން ނުވަތަ ވަހަށް ނާޒުކުވުން ހިމެނެއެވެ. އަލާމާތެއްގެ ގޮތުގައި ކިތައް މީހުންނަށް މިކަން ތަޖުރިބާ ކުރެވޭތޯ ބަލާއިރު، މިއީ "ބޮލުގައި ރިއްސުމަށް ފަހު ދެވަނަ ކަމެއް،" ޑރ.ފްރައިޑްމަން ބުންޏެވެ.
މިކަންކަމަކީ މައިގްރޭން ނުޖެހޭ މީހުންނަށްވެސް ކުރިމަތިވެދާނެ ކަންކަމެވެ. އެހެންކަމުން އަލީގެ ސަބަބުން ލޮލުގައި ނުވަތަ ބޮލުގައި ރިއްސާނަމަ އެމީހަކަށް އެވަނީ މައިގްރާންޖެހިފައިކަމަށް ނިންމައިގެން ނުވާނެއެވެ. އެކަން ނިންމަންވާނީ ޑޮކްޓަރަށް ދައްކައިގެންނެވެ.
އަދި މިހައިތަނަށް ހޯދުނު ހޯދުންތަކުން ގަދަ އަލީގެ ސަބަބުން މައިގްރޭންޖެހޭކަން އެނގިފައެއް ނުވެއެވެ. އެނގޭވަރަކީ ގަދަ އަލީގެ ސަބަބުން މައިގްރޭންގެ އުނދަގޫ ބޮޑުވެގެންދާ ކަމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު