ފައިދާކުރާނެ ކަމުގަ ކުރިއަށްދާން ތިބާ "ކޮއްޕާ" ބައިވެރިޔާއާ ވަކިވާން ހެޔޮނުވާނެ! އެއިރުން ފުރަގަސް އެދެވެނީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙްމަތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފައިދާކުރާނެ ކަމުގަ ކުރިއަށްދާން ތިބާ "ކޮއްޕާ" ބައިވެރިޔާއާ ވަކިވާން ހެޔޮނުވާނެ! އެއިރުން ފުރަގަސް އެދެވެނީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙްމަތަށް!: މުފްތީ މެންކް

ބައެއްފަހަރު ވަރަށް ބޮޑެތި ދެރަތައް އަމިއްލައަށް ލިބިގަނެވެއެވެ. އެއިގެ ތެރެއިން އެއް ދެރައަކީ ތިމާއަށް ފައިދާކުރާނެ ކަންކަން ކުރަން، ނުވަތަ ނުރަނގަޅު ކަންކަން ނުކުރަން ބާރުއަޅާ ބައިވެރިޔާ ދެކެ ފޫހިވެ އޭނާ އާއި ވަކިވެވޭ ކަމެވެ.  

ބުނަން ހެއްޔެވެ؟ ރަނގަޅު މަގުން ކުރިއަށް ދާން ބާރުއަޅައި، އަދި ތިމާއަށް ފައިދާހުރި ކަންކަން ކުރަން ބާރުއަޅާ "ކޮއްޕާ" ބައިވެރިއަކު ލިބުމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެހެނީ ރަނގަޅު ގޮތުގައި ކުރިއަށް ދެވޭނީ އެކަމަށް ވާގިވެރިވާ މީހަކު ތިމާއާއިއެކުގައި ވާނަމައެވެ.  

ވީމާ އެފަދަ ބައިވެރިއަކު ލިބިއްޖެނަމަ އެކަންވާނީ އެމީހަކަށް ﷲ ތަޢާލާ ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށެވެ. އެފަދަ ބައިވެރިއަކާއި ވަކިވުމަކީ ﷲ ތަޢާލާ ލެއްވެވި ރަޙްމަތަށް ފުރަގަސް ދިނުމެވެ.  

ނަޞޭޙަތުގެ މިބަސްކޮޅާއިއެކު ކުޑަކުދިންނަށްވެސް ބަސްކޮޅެއް ބުނެލާނަމެވެ. ކިޔެވުމުގައި ނުވަތަ އެހެންކަމެއްގައި ނަމަވެސް ކުރިއަށްދާން މައިން ބަފައިން ބާރުއަޅާނަމަ ފޫހިވެ ރުޅި ނުއަންނާށެވެ. އަހުރެންނަށްވެސް ޤުރްޢާނުގެ ޢިލްމް ޙާޞިލުކުރެވުނީ އެކަމަށް މައިންބަފައިން ބާރުއެޅިވަރުންނެވެ. މައިންބަފައިން ނުވަތަ ޢާއިލާގެ މީހުން އެގޮތަށް ކަންތައް އެކުރަނީ ހަމަ ތިއަކުދިންނަށްޓަކައެވެ.  

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ދަރިން ލައްވައި ކަންކަން ކުރުވަން ބާރުއެޅީމާ ކުދިންނަށް ލިބޭނީ ގެއްލުން ކަމަށް ބުނާ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫނެވެ. ކުދިން ބޮޑުވަމުން އަންނައިރު ކަންކަން ކުރުވޭނީ އެކަމަށް ބާރުއަޅައިގެންނެވެ. ހަމަ އެކަނި ސަމާލުކަންދޭންވީ ކުދިންނާއިމެދު ހަރުކަށި ނުވުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން