އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
ޝައްވާލު މަހުގެ ހަރޯދަ ހިފަންޖެހޭނީ ޢީދު ދުވަހަށްފަހު ވިދިވިދިގެންތަ؟
އެހީ:
ޙަދީޘްފުޅުގައި އޮތީ ޝައްވާލުމަހުގެ ތެރޭގައި 6 ދުވަހު ރޯދަ ހިފުމަށެވެ. ފުރަތަމަ 7 ދުވަސްތެރޭ ހިފައި ނިންމާކަށް ނުވަތަ ޖެހިޖެހިގެންވެސް ހިފާކަށް ނެތެވެ. ޝައްވާލު މަހުގެ ކޮންމެ 6 ދުވަހަކު ރޯދަ ހިފިނަމަވެސް 6 ރޯދަ ހިފިކަމަށްވާނެއެވެ.
ބައެއް ޢިލްމްވެރިން ވިދާޅުވަނީ ކޮންމެ އަޅުކަމަކަށްވެސް އޮތީ އަވަސްވެގަތުން ކަމަށެވެ.
ހަމަ އެއާއިއެކު ބައެއް ޢިލްމްވެރިން ވިދާޅުވަނީ ފުރަތަމަ ގެއްލުނު ރޯދަތައް ހިފައި ހަމަކުރުމަށްފަހު 6 ރޯދަ ހިފުމަށެވެ. އަދި ރަމަޟާން މަހުގެ ހުރިހާ ރޯދަތަކެއް ހިފުނުކަމަށްވާނީ ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކޮށް ނިންމުމުން ކަމަށެވެ. އަނެއްބައި ޢިލްމްވެރިން ވިދާޅުވަނީ ގެއްލުނު ރޯދަތައް އަހަރުތެރޭގައި ހިފިދާނެ ކަމަށާއި އެހެންކަމުން ފުރަތަމަ 6 ރޯދަ ހިފުމަށެވެ.
މިއިން ކޮންމެ ގޮތަކަށް ޢަމަލުކުރިނަމަވެސް މައްސަލައެއް ނެތެވެ. ސަމާލުކަންދޭންވީ ޝައްވާލު މަހުގައި 6 ދުވަހު ރޯދަހިފުމަށެވެ.
މިއީ ދީނީ ޢިލްމްވެރިންގެ މެދުގައި ޚިލާފް އޮތް މައްސަލައެކެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.