ދޮގުހަދާ މީހުން ގިނަވެއްޖެއެވެ! ދަރިފުޅު ކައިވެނިކުރަން އުޅޭ ކުއްޖާއާއިމެދު މީހުން ދައްކާ ވާހަކައިގެ ޙަޤީޤަތް ނުބަލައި ޤަބޫލުނުކުރާށެވެ!: މުފްތީ މެންކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދޮގުހަދާ މީހުން ގިނަވެއްޖެއެވެ! ދަރިފުޅު ކައިވެނިކުރަން އުޅޭ ކުއްޖާއާއިމެދު މީހުން ދައްކާ ވާހަކައިގެ ޙަޤީޤަތް ނުބަލައި ޤަބޫލުނުކުރާށެވެ!: މުފްތީ މެންކު

ދަރިން ކައިވެނިކުރަން އުޅޭ މީހުންނާއިބެހޭ ގޮތުން މީހުން ދައްކާ ނުބައި ވާހަކަތައް ޤަބޫލުކުރަންވާނީ އެވާހަކަތަކުގެ ދޮގުތެދު ޔަޤީންކުރުމަށްފަހުގައެވެ. މިހެން ބުނަންޖެހޭ ސަބަބަކީ ކަނޑައެޅިގެން ދޮގުމަޢުލޫމާތު ދޭތީއެވެ.  

މިހެން ބުނީމާ ޤަބޫލުކުރަންވެސް އެނދަގޫވެދާނެއެވެ. އެކަމަކު ކައިވެނިކުރަން އެއުޅޭ ކުއްޖާއަކީ ރަނގަޅު ކުއްޖަކަށްވުމުން އެކުއްޖާ ތިމާމެންގެ ދަރިފުޅާއި ކައިވެނިކުރުވުމުގެ ބޭނުމުގައިވެސް އެބަ ދޮގުހަދައެވެ. ޢާއިލާއަށް އިތުބާރުކުރެވޭ މީހުން ފޮނުވައިގެންވެސް އެބަދޮގު ހަދައެވެ. އެކައިވެނި ހުއްޓުވައި ތިމާމެން ބޭނުންވާ ގޮތަށް ފުރޮޅައިލުވުމުގެ ބޭނުމުގައެވެ.  

ވީމާ މީހަކު މިބުނި ޒާތުގެ ވާހަކައެއް ދެއްކިނަމަވެސް އެހާފައސޭހައިން އެވާހަކަ ޤަބޫލުނުކުރާށެވެ. ކަމުގެ ޙަޤީޤަތް އޮޅުންފިލުވާށެވެ. ނޫންނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.  

ބަލަންޖެހޭ އެންމެ މުހިންމު ކަމަކީ އަންހެންކުއްޖާ ވިޔަސް ފިރިހެން ކުއްޖާވިޔަސް ދީނަށް ޙުރުމަތްތެރިކޮށްހިތައިތޯ ބެލުމެވެ. ނަމާދުކުރޭތޯ ބެލުމެވެ. ފިރިހެންކުއްޖަކު ނަމަ ދިރިއުޅެން މަސައްކަތްކުރުމުގެ ހިތްވަރު އެބަހުރިތޯ ބެލުމެވެ. ކަންނެތް މީހެއް ނޫންކަން ޔަޤީން ކުރުމެވެ.  

ޒުވާން ޢުމުރުގައި ކޮންމެ ޒުވާނަކީ އެންމެ ބޮޑު ތަޤްވާވެރިއަކަށްނުވުމަކީ މައްސަލައެއް ނޫނެވެ. ނަމާދުތަކަށް ރައްކައުތެރިވާނަމަ ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. ގިނަ ޒުވާނުން ކައިވެންޏަށްފަހު ދީނުގެ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެސް ކުރެއެވެ. މައިންބަފައިންގެ އެއްބާރުލުން ލިބޭނަމަ އިތުރުބާރަކަށް ވެގެންދާނެއެވެ.  

ހިތާމައަކީ މިނަޞޭޙަތް މިގޮތަށް ދިނުމުން އަޑުއަހާފައި ދިމާ އިދިކޮޅަށް ކަންކަންކުރާކަމެވެ. އެކަމުގެ ހިތިތަޖުރިބާ ކުރަންޖެހުމުން ދެރަވެ ހިތާމަކުރާ ކަމެވެ. ކަމެއް ވަކިގޮތަކަށް ކުރަން ޙަދީޘްފުޅުގައި އޮތްނަމަ އޮތީ އެކަމެއް ބަލައިގަތުމެވެ. ކައިވެންޏާއިމެދު ޙަދީޘްފުޅުގައި އޮތީ މިފަދައިން ޢަމަލުކުރުމަށެވެ. ޢަމަލުކުރާނަމަ ރަނގަޅު ނަތީޖާ ދާނީ ފެންނަމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން