ތިބާއާއިއެކު އެއްވެސް ފާފައެއް ބާއްވަން ބޭނުންނުވާ މީހުންނަށް އެފުރުޞަތު އޮތީ ވަރަށް ފަހިކޮށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއާއިއެކު އެއްވެސް ފާފައެއް ބާއްވަން ބޭނުންނުވާ މީހުންނަށް އެފުރުޞަތު އޮތީ ވަރަށް ފަހިކޮށް!

ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. އެހެންކަމާއިއެކުވެސް ތިމާއަށް ކުރެވޭ ފާފަތައް ތިމާއާއި ވަކިކޮށް ދުރައްލައި އެފާފަތަކުން ސަލާމަތްވެ ހުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. 

އެއްވެސް ފާފައެއް ތިމާ އާއިއެކުގައި ވާނީ އެމީހަކު ބޭއްވީމައެވެ. ނުވަތަ ބާއްވާނަމައެވެ. އެހެނީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރާނަމަ ފާފަތައް އެވަނީ އެމީހަކާއި ވަކިވެގެންގޮސްފައެވެ. ނަމަވެސް ތައުބާނުވެ، ހެޔޮ ޢަމަލުތައް ނުކުރާނަމަ އެމީހެއްގެ ފާފަތައް ދާނީ މަތިމައްޗަށް ފުނިޖެހެމުންނެވެ. ޤިޔާމަތް ދުވަހު އެމީހަކާއި އެކުގައި ފެންނަން ހުންނާނީ ބޮޑެތި ބިޔަފަރުބަދަތަކުގެ ސިފައިގައެވެ. 

ތިރީގައިވާ ލިޔުމުގައި ޝައިޚް ބަޔާންކުރައްވާފައިވާ ޙަދީޘްފުޅަކީ އީމާންވެ ހެޔޮ ޢަމަލުކުރާ މީހުންނަށް އޮތް އުފާވެރިކަމުގެ ޚަބަރެވެ. 

އަބޫ ޒައްރު ރަޟިޔަﷲ ޢަންހުގެފާނު ވިދާޅުވަނީ އެއްދުވަހެއްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނިކުމެވަޑައިގެން ސަހަރާތެރޭގައި އެކަލޭގެފާނު މިފަދައިން ހިކިފައިވާ ގަސްގަނޑެއް (އޮފިގަނޑެއް) އެކަލޭގެފާނު ދެއަތްޕުޅުން ތަޅުވާލެއްވިއެވެ. އެއްށްފަހުގައި އެކަލޭގެފާނު އެބޭކަލުން ބަލަހައްޓައިގެން ތިއްބާ އެ ގަސްގަނޑުން ފަތްތައް ފައިބައިގެން ދިޔައެވެ. އަދި އެއަށްފަހު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. " ހަމަކަށަވަރުން ﷲ ގެ މުއުމިން އަޅާ އޭނަ ﷲ ގެ ވަޖުހުފުޅު އަދައިގެން އިޚްލާސްތެރިކަމާއެކު ނަމާދު ކޮށްފިކަމުގައި ވަނީނަމަ އެ ގަސްގަނޑުން ފަތްތައް ފައިބައިގެން ދިޔަފަދައިން އޭނަގެ ފާފަތައް އޭނަގެ ނަފްސުން ފުހެވިގެން ދެއެވެ. ޠާހިރުވެގެން ދެއެވެ." 

"އެހެންކަމުން ފަރުޟު ފަސް ނަމާދަކީ އަޅުގަނޑުމެންގެ ފާފަތައް ފުހެދޭ ވަރަށްބޮޑު ވަޞީލަތެއް. އަޅުގަނޑުމެން ނަމާދުތަކަށް ރައްކާތެރިވާ ކަމުގައި ވަނީނަމަ އެއް ނަމާދުން އަނެއް ނަމާދަށް، އެދެމެދުގައި ވެވޭ ފާފަތަކުގެ ކައްފާރާއަކަށް އެ ނަމާދު ވެގެން އެބަދޭ."

 

- އައްޝައިޚް ޢާޒިމް ޚާލިދު

 

މިއަދު އޮންލައިން