ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ޢީދުނަމާދު ކުރުމުގެ ކުރިން ފަތިސްނަމާދުކުރަންޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ޢީދުނަމާދު ކުރުމުގެ ކުރިން ފަތިސްނަމާދުކުރަންޖެހޭނެތަ؟

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.   

މިއަދުގެ ސުވާލު:

ޢީދުނަމާދު ކުރުމުގެ ކުރިން ފަތިސްނަމާދުކުރަންޖެހޭނެތަ؟  

އެހީ:

ފަތިސްނަމާދަކީ ޢީދުނަމާދުގެ ކުރިން ކުރުން ވާޖިބުވާ ނަމާދެކެވެ. ބޭރުގެ ބައެއް ބޮޑެތި ޢިލްމްވެރިން ޢީދުނަމާދު ފެށްޓެވުމުގެ ކުރިން ވަޤުތު އޮއްވައި، ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދު ނުކުރެވި ތިބި މީހުންނަށް ފަތިސްނަމާދު ޤަޟާކުރަން ހަނދާންވެސް ކޮށްދެއްވައެވެ. އެއީ ފަރުޟް ނަމާދަށް އިސްކަންދޭންޖެހޭނެތީއެވެ. ވީމާ އޮތީ ފުރަތަމަ ފަތިސްނަމާދުކުރުމެވެ.  

ގިނަ ބައަކު އެކަމަށް ސަމާލުކަން ނުދޭތީ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދަންނަވައިލީއެވެ.   

އެހެންކަމާއިއެކުވެސް ޚަދީޖަތުގެފާނު ދުނިޔޭގައި އިންނެވިހައި ދުވަހަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު ކައިވެނިފުޅެއް ކުރައްވަވާފައެއް ނުވެއެވެ. އެކަމުން ޔަޤީންވެގެންދަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިތްޕުޅުގައި ޚަދީޖަތުގެފާނަށް އޮތް ލޯބީގެ މަތިވެރިކަމުގެ ބޮޑުކަމެވެ.   

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

 

 

 

މިއަދު އޮންލައިން