ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްވިމިން ޓްރެކް ކައިރީ ހުންނަ އީޒީފިލް 01 ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.
އެފްއެސްއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އީޒީފިލް 01 ޝެޑުން ހެނދުނު 10:00 އިން ފެށިގެން މެންދަމު 01:00 އާ ހަމައަށް ޚިދުމަތް ދެމުންދާނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ.
މި ބަދަލުތައް ގެންނަން ޖެހުނީ އީޒީފިލް 01 ޝެޑުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެންނެވެ. ނަމަވެސް މެންދަމު 01:00 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ އިތުރުން ސައިކަލްތަކަށްވެސް އެ ޝެޑުން ޚިދުމަތް ލިބޭނެއެވެ.
އެފްއެސްއެމުން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އީޒީފިލް 01 ޝެޑުގެ ޚިދުމަތްތަކަށް މި ބަދަލުތައް ގެނެސްފައިވި ނަމަވެސް، މާލޭގައި ހުންނަ އެފްއެސްއެމްގެ އެހެން ޝެޑުތަކުން ދަންވަރު 01:00 އާ ހަމައަށް ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެ ކަމަށެވެ.