ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ

ޓީވީ މޯލްޑިވްސްގެ 46 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޓީވީއެމްއަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ފެށުނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ ޓެލެވިޜަން ޗެނަލް ކަމަށްވެފައި، މިހާތަނަށް 46 އަހަރުގެ ދިގު މުއްދަތެއްގައި ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ.

ޓީވީ މޯލްޑިވްސްއަކީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި އެންމެ ގިނަ ދުވަސްވީ މުއައްސަސާ ކަމަށްވެފައި، ގައުމީ ތަރައްގީއާއި ތަހުޒީބަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާއެކެވެ.

މިއަދު އޮންލައިން