އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އާއި ޢީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އާއި ޢީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް: ޑރ. ޝަހީމް

އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އާއި ޢީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ތަރިރުހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަން ކުރަންވާނީ ޢާއްމު މަޞްލަޙަތަށް އަސަރު ނުކުރާނެ ގޮތަށެވެ.

"ޚާއްޞަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެ ކަމެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ޝަރުޢީ ހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމަށެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް ވަނީ އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އިޢުލާންކުރުމުގެ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން